ބޮޑު އީދުގައި ތޮއްޑޫ: ފަތިހު ކޮފީ، ހެނދުނުގެ ސައި، ރޭގަނޑު ހަވާ

މި އަހަރު އެންމެ ފޯރިގަދަކޮށް އީދު ހަރަކާތްތައް އޮންނާނެ އެއް ރަށަކީ ތޮއްޑޫ އެވެ. އެރަށުގައި ގިނަ ހަރަކާތްތަކެއް އޮންނާނެ އެވެ.

އއ. ތޮއްޑޫ: އީދުގައި ގިނަ ހަރަކާތްތަކެއް ތޮއްޑޫގައި ކުރިޔަށް ގެންދަން އެރަށުން ވަނީ ނިންމާފައި

އަންނަ ބޮޑު އީދުގައި ފޯރި ނަގާނެ އެއް ރަށަކީ ތޮއްޑޫގަ އެވެ؛ ކުރިއަށް އޮތް ބޮޑު އީދުގައި އެ ރަށަށް އަރާ މީހުނަށް ފަތިސް ނަމާދަށް ފަހު ހިލޭ ކޮފީ ލިބޭނެ އެވެ. އަދި އީދު ނަމާދަށްފަހު ހެނދުގެ ސައި އޮންނައިރު ރޭގަނޑު އޮންނާނީ ކުލަގަދަ ހަވާ އެރުވުމެކެވެ. 

ތޮއްޑޫ ކައުންސިލުން ބުނީ މި އަހަރުގެ ބޮޑު އީދަށް އެ ރަށަށް އަރާ މީހުންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނަ ކަމަށެވެ. މަރުހަބާ ކިޔުން އީދު ދުވަހުގެ ހެނދުނު އޮންނާނެ އެވެ. 

ތޮއްޑޫ އީދު ފެސްޓިވަލް

  •  ހުރިހާ މީހުނަށް ހެނދުނު ސައި
  •  މަސް ރޭހަކާއި މަސްހުނި ރޭހެއް
  •  ރޭގަނޑުގެ ކެއުމެއް
  •  ބޮޑު މަސް ކޯޑި އަދި މާލި ނެށުން
  •  ކުޑަކުދިންގެ ހަވީރެއް
  •  މިއުޒިކް ޝޯއެއް

ތޮއްޑޫ ކައުންސިލުން ބުނީ އީދަށް ހާއްސަކޮށް އެރަށަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ ލޯންޗު ދަތުރުތަކެއް އޮންނާނެ ކަމަށެވެ. އަދި އީދުގެ ޝޯ ބަލަން އެ ރަށަށް އެރޭ އަންނަ ޓޫރިސްޓުންނާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ފަސޭހައިން ދެވޭނެ އިންތިޒާމު ތަކެއް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އއ. ތޮއްޑޫ - ތޮއްޑޫއަކީ ކަރާ ހެއްދުމަށް މުޅި ރާއްޖެއަށް މަޝްހޫރު ވެފައިވާ ރަށެކެވެ. މިރަށަކީ ޒަމާންވީ އާސާރީ ތަންތަން ހުރި ރަށެއްކަން ތާރީހުން އެނގެއެވެ. މިގޮތުން ގިނަ ދުވަސްތަކެއްވެފައިވާ، ހުކުރު މިސްކިތެއް ހުރެއެވެ. އަދި "ތޮއްޑޫ ދާގަބާ" ގެ ގޮތުގައި ބޭނުންކުރި ސަރަޙައްދަކީ މިހާރުވެސް އާސާރީ ތަނެއްގެ ގޮތުގައި ޙިމާޔަތް ކޮށްފައިވާ ސަރަޙައްދެކެވެ. ރަށަށް ނިސްބަތްވާ "ތޮއްޑޫ ސޯސަން ކްލަބް" ބަނޑިޔާ ގްރޫޕަކީ 90 ގެ އަހަރުތަކުގައި މުޅި ރާއްޖެއަށް މަޝްހޫރުވި ބަނޑިޔާ ގްރޫޕެކެވެ. ގާތްގަނޑަކަށް 172.6 ހެކްޓަރުގެ މި ރަށުގައި 1,532 މީހުން ދިރިއުޅެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.