އުމުރުން 65 އަހަރުވުމުން ދައުލަތުން އިނާޔަތް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައެވެ. ނަމަވެސް ގާނޫނަށް ގެނައި ބަދަލު ތަންފީޒު ކުރައްވާ އެ އިނާޔަތް ދެއްވަން ފެއްޓެވީ ރައީސް މުހައްމަދު ނަޝީދެވެ.
ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެމުން ގެންދާ އިނާޔަތަށް ބަދަލު ގެނެސް މިހާރު ދެމުންދާ އިނާޔަތް ބޮޑު ކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ދެއްވައިފި އެވެ.
އެމަނިކުފާނު އެ އިޝާރާތް ދެއްވީ އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ސޯލިހް ވިދާޅުވީ ދައުލަތުން، އެކި ފަރާތްތަކަށް ދެމުންދާ އިނާޔަތްތަކަށް ބަދަލު ގެެންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެކަމާއި ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
އެ ގޮތުން ދޮށީ އުމުރުގެ މީހުންނަށް ދެމުންދާ އެލަވަންސްއަށް ގެންނަން ޖެހޭ ބަދަލުތައް ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ އެ ބަދަލު ގެންނަވާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
"ދެން އޮތީ ދުވަސްވީ މީހުންނަށް -- އިސްރަށްވެހީންނަށް ދޭ އެލަވަންސްއަށް ގެންނަން ޖެހޭ ބަދަލު. އެވެސް އަޅުގަނޑުމެން މި ގެންދަނީ މުތާލިއާ ކުރަމުން. އެއަށް ގެންނަން ޖެހޭ ބަދަލުތަކާއެކުގައި އެއަށްވެސް ކުރިއަށް އޮތްތަނުގައި ބަދަލު އަންނާނެ،" ރައީސް ވިދާޅުވި އެވެ.
އުމުރުން 65 އަހަރުވުމުން ދައުލަތުން އިނާޔަތް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައެވެ. ނަމަވެސް ގާނޫނަށް ގެނައި ބަދަލު ތަންފީޒު ކުރައްވާ އެ އިނާޔަތް ދެއްވަން ފެއްޓެވީ ރައީސް މުހައްމަދު ނަޝީދެވެ. ވެރިކަމަށް ވަޑައިގެން ވަރަށް އިސްކަން ދެއްވާ އެކަން ތަންފީޒު ކުރެއްވި އެވެ.
އޭރު ގާނޫނުގައި ކަނޑައަޅާފައިވަނީ ކޮންމެ މަހަކު 2،000 ރުފިޔާގެ އިނާޔަތެކެެވެ. ނަމަވެސް ކޮންމެ ތިން މަހުން އެއް ފަހަރު އިންފްލޭޝަނަށް އަންނަ ބަދަލުތައް ބަލާ އެ އަދަދަށް ބަދަލު ގެނަން ކަނޑައަޅާފައި އޮތެވެ. އިނާޔަތް 2،300 ރުފިޔާއަށް ބޮޑު ކުރައްވާ ރައީސް ވަހީދުގެ ވެރިކަމުގައި ދެއްވަން ފެއްޓެވި އެވެ.
އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ގާނޫނަށް ބަދަލު ގެންނަވާ ދޮށީ އުމަރުގެ މީހުންނަށް ދޭ އިނާޔަތް 5،000 ރުފިޔާ ކަމުގައި ހަމަޖެއްސެވި އެވެ.
"އުުމުރުން ދުވަސްވީ މީހުންގެ އިނާޔަތައް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެ އަދަދު އިތުރު ކުރެވޭތޯ އަޅުގަނޑުމެން މިދަނީ މިހާރު ވެސް ބަލަމުން،" ރައީސް އެރޭ ވިދާޅުވި އެވެ.
މެއި 16، 2016 ގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ދިވެހި އާބާދީއަކީ މުއްސަނދި އާބާދީއަކަށް ހަދައި ދައުލަތަކީ މުއްސަނދި ދައުލަތަކަށް ވެސް ހަދަން ޖެހޭ ކަމަށެވެ.
އެގޮތުން ދިވެހި ދައުލަތަކީ މުއްސަނދި ދައުލަތަކަށް ހެދިއްޖެނަމަ، ދުވަސްވީ މީހުންނަށް ދެމުންގެންދާ 5،000 ރުފިޔާ، 15،000 ރުފިޔާއަށް ބޮޑު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ. އެކަން ކުރެއްވޭނެ ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މުސްކުޅި މައިން ބަފައިންނާއި އަދި ބަލަދު އަރާފަ އާއިލާގައި ތިބި މުސްކުޅިން ނަށް ދޭންޖެހޭ ލޯތްބާއި އަޅާލުން ނުދޭ މީހުން ވެސް ވ ގިނަ. ތި ދޭ 5000ރ ލިބޭތީ އެމީހުން ބަލަހައްޓާ ، އެކަމު ކުލުނު ނެއް. ޕޮއިންޓަކީ ... ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެމުން ގެންދާ އިނާޔަތް ނުދީ އެމީހުން ބަލަހައްޓަން " އޯލްޑް އޭޖް ހޯމް" އެއް ހަދާ އެތަނަށް ބޭނުން ޖެހިފާ ތިބި ދޮށީ އުމުރުގެ މީހުން ބަލަހައްޓަން ވީނުން ހެޔޭ. ހާދަ ލާރިއެއް ސޭވް ވާނެ އެ. ދެފަރާތައްވެސް ފައިދާ