އައްޑޫއަށް ތާރީހީ ދުވަހެއް: ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާއެވެ. މަޝްރޫއުގެ ޖުމްލަ އަގު 17 މިލިއަން ޑޮލަރަށް އަރައެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީމަސައްކަތް ފެށުން

ދެކުނުގެ މައި އެއާޕޯޓު، ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ. 

މިއަދު ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. އެ މަނިކުފާނުގެ އަރިހުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ވީ މުރަލީދަރަން އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންޑިއާގެ ކްރެޑިޓް ލައިން/ ލޯނުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެ ގައުމުގެ ރެނާޓަސް ކުންފުންޏާއެވެ. މަޝްރޫއުގެ ޖުމްލަ އަގު 17 މިލިއަން ޑޮލަރަށް އަރައެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. 

ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީމަސައްކަތް ފެށުން

ގަން އެއާޕޯޓް މަޝްރޫއުގެ ބައިތައް

  •  ތަރައްގީ ކުރަނީ އަހަރު 1.5 މިލިއަން ފަސިންޖަރުންނަށް މަރުހަބާ ކިޔަން
  •  މަޝްރޫއުގެ ދަށުން ޓާމިނަލް ފެންވަރު މަތި ކުރާނެ
  •  އެއާޕޯޓަށް އާ ކޮންޓްރޯލް ޓަވަރެއް
  •  ފަޔާ ސްޓޭޝަން އިމާރާތް ކުރާނެ
  •  ކާގޯ ވަސީލަތް ގާއިމް ކުރަން
  •  ކޯލްޑް ސްޓޯރޭޖް ވަސީލަތް
  •  އެއާޕޯޓުގެ މަގުތައް ޕާކިން ސަރަހައްދު ތަރައްގީ ކުރުން
ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީމަސައްކަތް ފެށުން

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ސީދާ ދަތުރުތައް އައްޑޫއަށް ފެށުމަށް މަގުފަހިވެ، އައްޑޫގެ ޓޫރިޒަމް ވިޔަފާރިތައް އިތުރަށް ފުޅާވުމަށް މަގުފަހިވާނެ ކަމަށެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު މިނޫހަށް ވިދާޅުވީ ޓޫރިޒަމްގެ ބިޔަ މަޝްރޫއަކާ އެކު އެއާޕޯޓު ތަރައްގީ ވުމަކީ އައްޑޫގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް ކަމަށެވެ.

"1.5 މިލިއަން ފަސިންޖަރުންނަށް އަމާޒުކޮށްގެން މިތަން ތަރައްގީ ކުރާއިރު، އައްޑޫގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއުތަކެއް ހިނގަމުން މިދަނީ. މި ދެ ކަންތައް އެކުގައި ހިނގުމަކީ އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް" އޭނާ ވިދާޅުވިއެވެ.

ރެނާޓަސްއަކީ ކޮން ބައެއް؟ ރެނާޓަސް ކުންފުންޏަކީ 1970 ވަނަ އަހަރު އުފެދުނު ކުންފުންޏެވެ. އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ ރެނާޓަސް ކުންފުނިން ރާއްޖޭގައި ކުރި ބައެއް މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލޭގައި "ރެނާޓަސް އިތާމުތް" ގެ ނަމުގައި މެދުފަންތީގެ ހައުސިން ހެދުމާއި ގައުމީ ޔުނިވާސިޓީގެ ޓޫރިޒަމް ސްޑަޑީޒް އިމާރާތް ހެދުން އަދި އައިޖީއެމްއެޗުގެ ރެނޮވޭޝަން ހިމެނެ އެވެ. މީގެ އިތުރުން އެ ކުންފުނިން މިހާރުވެސް ދަނީ ހުޅުމާލޭގައި ފްލެޓް އަޅަމުންނެވެ،

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.