އާބަންކޯއިން ތިނަދޫގައި ޑިކޮމްޕްރެޝަން ޗެމްބަރެއް ބަހައްޓަނީ

ތިނަދޫގައި ޑިކޯ ފަރުވާގެ ޗެމްބަރު ބަހައްޓާއިރު މަސްވެރިން ފީނުމުގެ ތެރޭގައި އެންމެ ގިނައިން މީހުން ޑީކޯވާ އެއް އަތޮޅަކީ ހުވަދޫގެ ދެ އަތޮޅެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މާލޭގެ އޭޑީކޭ ހޮސްޕިޓަލްގައި ހައިޕަބެރިކް ޓްރީޓްމެންޓް ދޭން ހިދުމަތް އިފްތިތާހު ކުރަނީ -- ފޮޓޯ: އޭޑީކޭ

ގދ. ތިނަދޫގައި ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) އަށް ހައިޕަބެރިކް ޓްރީޓްމަންޓް ދެވޭނެ ގޮތަށް ޑީކޮމްޕްރެޝަން ޗެމްބަރެއް ގާއިމްކުރުމުގެ މަސައްކަތެއް އާބަންކޯއިން ފަށައިފި އެވެ.  

އާބަންކޯއިން ތިނަދޫގައި ޑީކޯ ޗެމްބަރެއް ބަހައްޓަނީ އާބަންކޯގެ "ބިޔޯންޑު ހުޅުމާލެ ޕްލޭން" ގެ ދަށުންނެވެ. އެ ހިދުމަތް އެރަށަށް ގެންދިޔައިރު އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސް އަކީ ތިނަދޫއަށް އުފަން އެރަށުގައި ނުފޫޒު ގަދަ ބޭފުޅެކެވެ. 

  •  ތިނަދޫ ޑީކޯ ޗެމްބަރު ގާއިމްކޮށް ނިމެނީ މިމަހުގެ 15 ގައި
  •  އާބަންކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް

ތިނަދޫގައި ޑިކޯ ފަރުވާގެ ޗެމްބަރު ބަހައްޓާއިރު މަސްވެރިން ފީނުމުގެ ތެރޭގައި އެންމެ ގިނައިން މީހުން ޑީކޯވާ އެއް އަތޮޅަކީ ހުވަދޫގެ ދެ އަތޮޅެވެ.

ރާއްޖޭގައި މިހާރު ހުންނަނީ ހަތަރު ޑީކޮމްޕްރެޝަން ޗެމްބަރެކެވެ. އެއީ ފުރަތަމަ އެފަދަ ޗެމްބަރެއް ބެހެއްޓި ބަނޑިހާއި ޅ. ކުރެއްދޫ އާއި ކަނޑިންމަ ރިސޯޓާއި އޭގެތެރެއިން މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ހަމައެކަނި ޑީކޯ ޗެމްބަރަކީ މާލޭ އޭޑީކޭ ހޮސްޕިޓަލުގައި ހުންނަ ޗެމްބަރެވެ. އޭޑީކޭ ހޮސްޕިޓަލެވެ. އޭޑީކޭގައި އެފަދަ ދެ ޗެމްބަރެއް ބަހައްޓާފައި ވަނީ މި އަހަރުގެ ޖަނަވަރީގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.