ބިން ހިއްކުމުގެ ބިޔަ މަޝްރޫއާއެކު ރައީސް ދެއްވީ ޓޫރިޒަމްގެ އުންމީދު

އިންޓަގްރޭޓެޑް ޓޫރިޒަމަށް ދޫކޮށްފައިވާ ހަންކެޑެ އާއި، ރެއަލް އެސްޓޭޓުގެ ވިޔަފާރި އަކީ ޓޫރިޒަމް އައްޑޫ ރައްޔިތުންގެ "ގޭ ދޮރުގައި ޓަކިދޭނެ" މަޝްރޫއުތައް ކަމަށް ރައީސް ވިދާޅުވި އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ

އައްޑޫ ބިން ހިއްކުމުގެ މަސައްކަތާއެކު، އެ ސިޓީއަށް އަންނާނެ ޓޫރިޒަމްގެ ކުރިއެރުން ބޮޑު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއް ފެށެނީ އައްޑޫއިން ކަމަށެވެ. މިއަދު އެ މަންޒަރު ފެންނަ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދަކީ ތަރައްގީގެ ހެޔޮފާހަގަ ފެށޭ، އައްޑޫ ސިޓީގެ މި ބިމަށް ތަރައްގީގެ ހެޔޮ ބަދަލު އަމަލީ ގޮތުން އައުމުގެ ދުވަސް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއަކީ އެ ސިޓީގެ ތަރައްގީ އަށް މުހިއްމު ބިންގަލެއް ކަމަށެވެ.

"އައްޑޫ ސިޓީއަށް ބަދަލު އަންނާނީ އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ މިއަދު ތިޔަ ބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ އަމަލީ މަންޒަރު،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިންޓަގްރޭޓެޑް ޓޫރިޒަމަށް ދޫކޮށްފައިވާ ހަންކެޑެ އާއި، ރެއަލް އެސްޓޭޓުގެ ވިޔަފާރި އަކީ ޓޫރިޒަމް އައްޑޫ ރައްޔިތުންގެ "ގޭ ދޮރުގައި ޓަކިދޭނެ" މަޝްރޫއުތައް ކަމަށެވެ. ހަންކެޑެ މަޝްރޫއާއެކު އައްޑޫ މަގުހެދުމުގެ ބޮޑު މަޝްރޫއަކީ ގުޅިގެން އަންނާނެހެން ފަރުމާ ކުރެވޭ މަޝްރޫއުތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއީ އިންޓަގްރެޓޭޓެޑް ރިސޯޓް، ސިޓީ ހޮޓާ، ގެސްޓު ހައުސް އަދި ވޯޓާ ވިލާ އެކުލެވޭނެ ވަށާޖެހޭ ޕްރޮޖެކްޓެއް"

އަދި ވިދާޅުވީ އެ މަޝްރޫއުން ޖުމްލަ 2682 މަޝްރޫއު އިތުރުވާއިރު، ހަންކެޑެ ފިޔަވާ އައްޑޫގެ އެހެން ރަށްތަކަށް އޭގެ ތެރެއިން 600 އެނދު އިތުރުވާނެ ކަމަށެވެ.

"މިހާރު ޕްރޮޖެކްޓު ކުރެވިފައިވާ ތަފާތު މަޝްރޫއުތައް ނިމޭއިރު، ޖުމްލަ 7000 ޓޫރިސްޓު އެނދު އައްޑޫ ސިޓީގައި އޮޕަރޭޓްވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ

މީގެ އިތުރުން ރައީސް ވިދާޅުވީ އައްޑޫގައި ހުރި މަދު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ހިންގުމަށް އޮތް ހުރިހާ ހުރަހެއް ނައްތާލައްވާނެ ކަމަށެވެ. އެގޮތުން މިދިޔަ މާޗުމަހު، އެ ތަނުގައި އޮންނަ ސަރުކަރުގެ ހިއްސާ ބަދަލުކުރުމާ ބެހޭ ލިޔެކިޔުންތައް ޝަންގްރިއްލާއަށް ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމިއްލަ ގެސްޓު ހައުސްތައް ނިންމައިދޭ ފައިނޭންސް މޮޑެލްއެއް އެސްޑީއެފް މެދުވެރިކޮށް ވަރަށް އަވަހަށް ތައާރަފުކުރައްވާނެ ކަމަށެވެ.

"[އެ މޮޑެލްގެ ދަށުން] އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް އެތަން ދިގު މުއްދަތަށް ނަގާފައިވާ ފަރާތްތަކަށް ނިންމައިދެވޭނެ. އެއީ ދިގު މުއްދަތުން އަނބުރާ ދައްކާ ގޮތަށް ހިންގޭ މަޝްރޫއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ސޯލިހް އައްޑޫއަށް ވަޑައިގަތުން

ރައީސް ވިދާޅުވީ އެގޮތަށް ދޫކޮށްފައިވާ 73 ބިމުގެ ތެރެއިން 58 ބިމުގައި ގެސްޓުހައުސް އެޅުމަށް އެދިފައިވާ ކަމަށެވެ. އެ މަޝްރޫއު އެއްކޮށް ނިމޭއިރު 2870 އެނދު އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއާގެ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުން ހިންގާ މަޝްރޫއެކެވެ. ޖުމްލަ 1.5 ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 193 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެއެވެ.

ރައީސް އައްޑޫއަށް މިހާރު ކުރަމުންދާ ދަތުރުގައި ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.