އައްޑޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު އިފްތިތާހު ކޮށްފި

ޖުމްލަ 1.5 ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އައްޑޫގެ 4 ސަރަހައްދަކުން 193 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެއެވެ.

އައްޑޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް ފެށުން

އައްޑޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެެއްވައިފި އެވެ. 

ނެދަލޭންޑްސްގެ ވެން އޫޑު ކުންފުނިން ކުރިއަށް ގެންދާ އެ މަޝްރޫއު އިފްތިތާހުކުރީ މިއަދު މަރަދޫ ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖުމްލަ 1.5 ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އައްޑޫގެ 4 ސަރަހައްދަކުން 193 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެއެވެ. އަދި 11 ކިލޯމީޓަރުގެ ގޮނޑުދޮށުގައި ބޮޑުހިލަ ޖަހާނެއެވެ.

އައްޑޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށް ދެއްވަނީ
  •  ހިތަދޫއިން 90 ހެކްޓަރު
  •  މަރަދޫ، މަރަދޫ ފޭދޫއިން 76 ހެކްޓަރު
  •  ޓޫރިޒަމަށް 8.3 ހެކްޓަރުގެ ތިން ރަށް

ވެން އޫޑް ކުންފުނިން އަންނަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރަމުންނެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ކްރެޑިޓްލައިނުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އިތުރުން އައްޑޫ ހުޅުމީދޫގައި 42 ހެކްޓަރުގެ ބިން ހިއްކުމަށް 179 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް އެބަ ކުރިއަށްދެއެެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.