އެޑްވަޓޯރިއަލް

މީރު ޕިއްޒާއެއް ކާން ދާންވީ ހުޅުމާލޭގެ ޗީއްޒާއަށް

ޗީއްޒާ ހުންނަނީ ހުޅުމާލޭގަ އެވެ. މިއީ އާއިލާއެއްކޮށް ގޮސް ކެއުމަށް އިންސާފު ކޮށްލެވޭފަދަ ހިތްގައިމު މާހައުލެއް އޮތް ރެސްޓޯރެންޓެކެވެ.

ހުޅުމާލެ ޗީއްޒާ ރެސްޓޯރެންޓް: މިތަނުގެ މާހައުލު ހިތްގައިމު

މާލޭގެ ތޮއްޖެހުމުން ނުކުމެ ހިތްގައިމު ހިތްހަމަ ޖެހޭ މާހައުލެއްގައި ތިބެލަން އާއިލާތައް ބޭނުންވެ އެވެ. ހަފުތާ ބަންދުގައި ގިނަ ބަޔަކު ހުޅުމާލެއަށް އަރާ ސަބަބަކީ ވެސް މި އެވެ. އާއިލާއެއްކޮށް ގޮސް ހިތް ފަސޭހަ މާހައުލެއްގައި މަޑުކޮށްލައިގެން ތިބޭށެވެ. ހުޅުމާލެ ފުރެންދެން ރެސްޓޯރެންޓް / ކެފޭ ތަކުން ހިދުމަތް ލިބެން ހުންނާތީ އިނގިލި ދިއްކޮށްފަ މިވެނިތަނެއް ރަނގަޅެއް ބުނަން ދަތިވެ އެވެ. 

އެކަމަކު ހުޅުމާލެ ބޮޑުމަގުގައި ހުންނަ އެޕަލްގެ އެޑްއޯން ފިހާރައިގެ ގޯޅިތެރޭގައި ހުންނަ ޗީއްޒާ ރެސްޓޯރެންޓް މިހާރުވެފައިވަނީ އާއިލާ ތަކަށް ހިތްގައިމު މާހައުލަކަށެވެ. އާއިލާއެއްކޮށް ގޮސް މަޑުކޮށްލަން ރަނގަޅު ތަނަކަށެވެ. މިތަން އެހާ ފުރިހަމަ ތަނަނަކަށްވީ ސަބަބެއް ވެސް އޮންނާނެ އެވެ.  

އާއިލާ ގޮވައިގެންދާން މި މާހައުލު ރަނގަޅު

ފުރަތަމަ ކަމަކީ ޗީއްޒާއަކީ ދިވެހި ޒުވާނުންތަކެއްގެ އުންމީދެކެވެ. ބުރަ މަސައްކަތުން ވިޔަފާރިއެއް ކޮޅަށް ޖެހޭ ތޯ ކުރަމުންދާ ހިތްވަރުގެ ހެއްކެކެވެ. މުޅި ރެސްޓޯރެންޓުގެ ފަރުމާކޮށް ބައްޓަންކޮށްފައިވަނީ ޒުވާން ހިޔާލުގެ މައްޗަށެވެ. ރެސްޓޯރެންޓުގެ ތެރެ ފަރުމާކޮށްފައިވަނީ ކުދިވެރިން ގޮވައިގެން ގޮސް ވެސް ތިބެލެވޭނެ ގޮތަށް ހިތް ފަސޭހަ މާހައުލެއް އޮންނާނެ ގޮތަކަށެވެ. ކަސްޓަމަރުންގެ ހިޔާލުގެ މައްޗަށް މިހާރު ވެސް މިތަން އިތުރަށް ފުރިހަމަ ކުރަމުންދާއިރު، ރެސްޓޯރެންޓުގެ ބޭރު ހާއްސަކޮށްފައިވަނީ ރަހުމަތްތެރިންނާއެކު މަޑުކޮށްލައިގެން ހަމަވައިގައި ތިބެ ކެއުމަށް އިންސާރުކޮށްލެވޭ ގޮތަށެވެ. 

ޗީއްޒާ ހާއްސަ ސޯސް ؛ ޕިއްޒާ ފޭނުންނަށް

މިއީ ޗީއްޒާގެ ޑިޒައިންގެ ވާހަކަ އެވެ؛ ދެން އޮތީ މިތަން ހާއްސަވާ އެންމެ މުހިންމު ސަބަބެވެ. ޗީއްޒާގެ މެނޫގައި ހުރި ކެއުންތައް ހާއްސަ އެވެ. މީގެތެރޭން ވެސް އެންމެ ހާއްސަ އެއް ބާވަތަކީ ޕިއްޒާ ފޭނުންނަށް ހާއްސަ ޕިއްޒާގެ ރަހަތަކެވެ. މިތަނުން ޕިއްޒާ ކައިފިނަމަ ދެވަނަ ފަހަރަށް ހިތުން ނުފިލާނެ ރަހައެއް ލިބޭނެ އެވެ. މިތަނުގައި ފިހެފައި ހުންނަ ޕިއްޒާގެ ފުއްގަނޑުގައި ހުންނަ މީރު ކަމަކީ ޕިއްޒާ އިން ފުރިފައިވާ މާލޭ ނުކުމެ ހުޅުމާލެއަށް މިހާރު ގިނަ ބަޔަކު އަންނަ ސަބަބެވެ. 

މި ޕިއްޒާގެ "ސިއްރު މީރުރަހަ" އެއް ދޭ އެއް ސަބަބަކީ ގިނަ ރެސްޓޯރެންޓްތަކެއްގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ޝެފެއްގެ ބެލުމުގެ ދަށުން މި ޕިއްޒާ ފިހަމުން ގެންދިއުމެވެ. އެހެންވެ ޗީޒިއާ ޕިއްޒާގެ ރަހަ ވެފައިވަނީ  ގިނަ ބައެއްގެ "ފޭވަރިޓް" އަށެވެ. ހުޅުވިތާ މާގިނަ ދުވަހެއް ނުވިޔަސް ދުވަހެއް ދުވަހަކަށް ކަސްޓަމަރުންގެ ނަމްބަރު މަތިވަމުން ދިއުމުގެ ސަބަބީ މި އެވެ. އަނެއްކާ އެއްފަހަރު ވަތް މީހުން ދެފަހަރު މިހެން ގޮސް އެތައް ފަހަރު ވަދެ އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ރިޕީޓެޑް ކަސްޓަމަރުން ގިނަ ވެގެންދާ ސަބަބަކީމި އެވެ. މީގެ އިތުރުން ޗީޒިއާ ޕިއްޒާއާއެކު ލިބޭ ހާއްސަ ސޯހަކީ ވެސް ޗީއްޒާ ފޭވަރިޓަށްވުމުގެ ސަބަބެކެވެ. 

ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ

މި ސޯސް އެހެން ނުލިބޭނެ އެވެ. ޕިއްޒާ ކާން ދާ މީހުން ޕިއްޒާ ކައިނިމިގެން ވެސް އިނގިލި ލޮންނަން ތިިބެނީ މި ސޯހުގެ މީރުކަމުންނެވެ. ހަމައެކަނި ޕިއްޒާ އިން މި ރެސްޓޯރެންޓުގެ ވާހަކަ ނިމުނީއެއް ނޫނެވެ. ތިން އިރުގެ ކޮއްތަށް ފުރިހަމަ މެނޫއެއް މި ރެސްޓޯރެންޓުގައި އޮވެ އެވެ. ހެނދުގެ ސަޔަށް ދިޔަޔަސް މިތަން ފުދޭނެ އެވެ. ހެނދުނު ހުޅުވާނެ ބަނޑުފުރައި އަގުހެޔޮކޮށް ކައިލެވޭނެ އެވެ. އަދި ރޭގަނޑާއި ހަވީރުގެ ސަޔަށް ވެސް މިތަން ހަމަހެޔޮވަރެވެ. 

ޗީޒާ އިން ފޯރުކޮށްދޭ މި ހުރިހާ މީރު ރަހަ ތަކެއް އޮފީސް ނުވަތަ ގޭގައި ތިއްބައި ރަހަ ބަލައިލުމުގެ ފުރުސަތު ވެސް ޗީއްޒާގެ ނަމްބަރަށް 7357060 ނަމްބަރަށް ގުޅުމުން ޑެލިވަ ކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.