ބޭބެ މަރާލުމުގެ ތުހުމަތު އޮތް ކޮއްކޮ ހައްޔަރު ކޮށްފި

ދެކުނުގެ އައްޑޫ ސިޓީގައި އައި މި ހާދިސާއަކީ އުމުރުން 25 އަހަރުގެ ހުސެއިން މަވާޒް އޭނާގެ ބޭބެ އަހުމަދު ޝުއައިބަށް ވަޅިން ހަމަލާ ދީގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ހާދިސާއެކެވެ.

އުމުރުން 25 އަހަރުގެ ހުސެއިން މަވާޒް

ރޭ އައްޑު އަތޮޅު މަރަދޫފޭދޫގައި ވަޅި ހަރައި މަރާލި އެ ރަށު ބްލޫސްޓާ / އަހުމަދު ޝުއައިބުގެ މަރުގެ މައްސަލާގައި އޭނާގެ ކޮއްކޮ އުމުރުން 25 އަހަރުގެ ހުސެއިން މަވާޒް ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ޝުއައިބުގެ މަރުގެ ތުހުމަތުގައި 25 އަހަރުގެ ފިިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މަރަދޫފޭދޫ ގެއެއްގެ ދޮރިމަތީގައި ތޫނު އެއްޗަކުން މީހަކަށް ރޭ ހަމަލާ ދީފައިވަނީ 11:23 އެހާކަންހާއިރު އެވެ. ޝުއައިބުގެ ހަށިގަނޑިގެ ގިނަ ތަންތަނަށް ކަތުރަކުން ހަމަލާދީފައިވާ ކަމަށެވެ. އަތޮޅުގެ ވެރިރަށް ހިތަދޫގައި ހުންނަ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ އެވެ.

ހަމަލަ ދިނީ ކީއްވެ؟ - ދެކުނުގެ އައްޑޫ ސިޓީގައި އައި މި ހާދިސާއަކީ އުމުރުން 25 އަހަރުގެ ހުސެއިން މަވާޒް އޭނާގެ ބޭބެ އަހުމަދު ޝުއައިބަށް ވަޅިން ހަމަލާ ދީގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ހާދިސާއެކެވެ. ބޭބެއަށް އެ ހަމަލާ އޭނާ ދިނީ ފޯނެއްގެ މައްސަލައިގަ އެވެ. އޭރު އޭނާ ހުރީ މަސްތުގެ ހާލަތުގަ އެވެ.

ބޭބެގެ ގަޔަށް ކަތުރު ހަރައި ރޭ ދިން ހަމަލާތަކެއްގައި ވަރަށް ފުން ޒަހަމްތައް އޭނާގެ ހަށިގަނޑު ގިނަ ތަންތަނަށް ދީފައިވާއިރު މެއަށް ވެސް ކަތުރު ޖަހާފައި ވެއެވެ.

އެންމެ ފަހުގެ ހަމަލާ - ވަޅި ހަރައިގެން އެންމެ ފަހުން މީހަކު މަރުވެފައި ވެނީ ފެބުރުއަރީ 26، 2023 ގައެވެ. އެ ދުވަހު މާލޭގެ މާފަންނު އަވަށުގެ ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމުކޮށްލި ޒުވާނާކަށް ފަރުވާ ދެނިކޮށް ދެންމެ މަރުވީ އެވެ. އެ ހަމަލާގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ އެވެ.

އެއީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނެކެވެ. ބަޔަކު އޭނާއަށް ވަޅީން ހަމަލާދިނީ މުރަނގަ މަގުގައި ހުންނަ ކޮސްމެޓިކް ފިހާރާ، "ކްރާސާ" ގެ ތެރޭގައެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.