ހުރިހާ ދަރިވަރުންނަށް ފުރުސަތުދޭން ނިންމުމާއެކު އިތުރު 505 ދަރިވަރަކަށް ލޯނު ލިބޭނެ

މި އަހަރުގެ ލޯނުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ، 720 ދަރިވަރުންނަށް ކަމަށެވެ. ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ރޭ ކުރެއްވި އިއުލާނާއެކު، 1225 ދަރިވަރަކަށް ފުރުސަތު ދިނުމަށް މިހާރު ހަމަޖެހިފައިވެ އެވެ.

ސްޓޫޑެންޓު ލޯނާ ބެހޭ މައުލޫމާތި ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިބްރާހިމް ހަސަން މައުލޫމާތު ދެއްވަނީ

މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް މި އަހަރު ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދޭން ނިންމުމާއެކު، އިތުރު 505 ދަރިވަރަކަށް ލޯނު ދޭން ހަމަޖައްސައިފި އެވެ. 

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަދައްކަވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މި އަހަރުގެ ލޯނުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ، 720 ދަރިވަރުންނަށް ކަމަށެވެ. ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ރޭ ކުރެއްވި އިއުލާނާއެކު، 1225 ދަރިވަރަކަށް ފުރުސަތު ދިނުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ފަހަރުގެ ފުރުސަތު ހުޅުވާލިއިރު، އެހެން އަހަރުތަކާ ޚިލާފަށް، ގިނަ ކަންތައްތަކެއް ހިމަނާފައިވާކަމަށެވެ. އެގޮތުން؛

  • 1.ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑިޕްލޮމާއަށް ކިޔަވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލި
  • 2.ފުރަތަމަ ޑިގުރީ ސްކީމުގައި ހިމެނޭ ހުރިހާ ދަރިވަރުންނަށް، އިތުރު ޚަރަދުތައް ހޯދުމުގެ ފުރުސަތު ހުޅުވާލި
  • 3.އަމިއްލަ އިޚްތިޔާރުން ބޭރުގައިވާ ސަބަބަކާ ހުރެ ލޯނުގެ މުއްދަތަށް ކިޔެވުން ނުނިމުނު ދަރިވަރުންނަށް "ޓޮޕްއަޕް" ލޯނު ދިން
  • 4.ކޮލެޖު ޔުނިވާސިޓީތަކަށް ހާއްސަކޮށްގެން ޕީއެޗްޑީ ފުރުސަތު ހުޅުވާލި
  • 5.ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގައި ކިޔެވޭނެ ފުރުސަތު ހުޅުވާލި
ސްޓޫޑެންޓު ލޯނާ ބެހޭ މައުލޫމާތި ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕައިލެޓުކަމަށް 479 ދަރިވަރުން، ޑޮކްޓަރު ކަމަށް 133

މި އަހަރު ލޯނު ލިބުނު ދަރިވަރުންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ޕައިލެޓު ލައިސަންސް ނަގާ ދަރިވަރުންނެވެ. އެގޮތުން، އަލަށް އެ ލައިސަންސް ހޯދުމަށް ދާ 479 ދަރިވަރަކަށް ލޯނު ދޭނެއެވެ. އަދި މިހާރު އެ ދާއިރާއިން ކިޔަވަމުން އަންނަ 24 ދަރިވަރަކަށް ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ޑޮކްޓަރު ކަމުގެ ފުރަތަމަ ޑިގުރީ/ އެމްބީބީއެސް ހެދުމަށް 133 ފުރުސަތެއް ދިނުމަށް ނިންމާފައިވެއެވެ. އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިން އަށް 71 ފުރުސަތެއް ދީފައިވެއެވެ.

އެހެނިހެން ދާއިރާތަކުން ފުރަތަމަ ޑިގުރީއަށް 26 ފުރުސަތެއް ދީފައިވާއިރު، އިންޓަނޭޝަނަލް ލައިސެންސެއް [އެއާޕޯޓް/ ޝިޕިން ފަދަ] ހޯދުމަށް ހަތް ދަރިވަރަކަށް ފުރުސަތު ލިބުނެވެ.

ޑރ. އިބްރާހީމް ވިދާޅުވީ އަލަށް ހުޅުވާލި ޑިޕްލޮމާގެ ފުރުސަތުގެ ދަށުން، 24 ދަރިވަރަކަށް ފުރުސަތު ދިން ކަމަށެވެ. 

އަދި ޕީއެޗްޑީ ހެދުމަށް 26 ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.އޭނާ ވިދާޅުވީ ކޮލެޖު، ޔުނިވާސިޓީ ތަކަށް ހުޅުވާލި ފުރުސަތުތައް ހިމެނުމުން، އެ އަދަދު އިތުރުވާނެ ކަމަށެވެ.

މިއަދުން ފެށިގެން ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 11ވަނަ ދުވަހާ ހަމައަށެވެ. އެ ޝަކުވާތައް އިވެލުއޭޓް ކުރުމަށް ފަހު، މި މަހުގެ 22ވަނަ ދުވަހު ދާއިމީ ލިސްޓު އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.