ލަންކާގެ މިސްރާބާބެހޭ ގޮތުން ރަނިިލް ގައުމާ މުހާތަބު ކުރައްވަނީ

ރައީސް ރަނިލް ޖަޕާނަށް ކުރެއްވި ދަތުރުފުޅަށް ފަހު މާދަމާ ގައުމާ މުހާތަބު ކުރައްވާއިރު މާލީ ބައެއް ރަނގަޅުތައް ގައުމަށް ލިބިފައިވި ނަމަވެސް ހާލަތަށް މާ ބޮޑު އެދެވޭ ބަދަލުތަކެއް އަދި އައިސް ކުރިއެރުން ލިބިފައެއް ނެތެވެ.

ރައީސް ރަނިލް ވިކްރަމަސް ސިންހާ: މާދަމާ ރޭ ގައުމާ މުހާތަބު ކުރައްވާނެ

އިގްތިސޯދު ހަލާކު ވުމުގެ އިތުރުން ނިޒާމް އެކޮޅުކޮޅުން ޖެހިފައިވާ ސްރީލަންކާގެ ހާލަތު މިހާރު އޮތް ގޮތާއި ހިސާބާ ބެހޭ ގޮތުން ރައީސް ރަނިލް ވިކްރަމަ ސިންހާ މާދަމާ ގައުމާ މުހާތަބު ކުރައްވާނެ އެވެ. 

ވޭތުވެ ދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ސްރީލަންކާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އެ ގައުމުގެ އިޖްތިމާއީ، އިގްތިސޯދީ އަދި ސިޔާސީ އިސްލާހުތަކުގެ ޕްރޮގްރާމްގައި ކުރިއަށް އެޅި ފިޔަވަޅުތަކާއި އަޅާން ގަސްދު ކުރާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސް ރަނިލް ވިކްރަމަސިންހަ މާދަމާ ރޭ އިރާކޮޅު ދެއްވާ ތަގުގުރީރުގައި އަލިއަޅުވާލައްވާނެ އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މީޑިއާ ޑިވިޝަން (ޕީއެމްޑީ) ބުނެފައިވާ ގޮތުގައި ރައީސް ރަނިލްގެ ތަގުރީރު ކުރައްވާނީ ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށެވެ. އަދި އެ ތަގުރީރުގެ ތެރެއިން ސްރީލަންކާގެ އާ ބަދަލުގެ މަގުޗާޓުގެ ވިސްނުން ރައްޔިތުންނަށް ރައީސް ރަނިލް ހިއްސާ ކުރައްވާނެ އެވެ. 

ރައީސް ރަނިލް ޖަޕާނަށް ކުރެއްވި ދަތުރުފުޅަށް ފަހު މާދަމާ ގައުމާ މުހާތަބު ކުރައްވާއިރު މާލީ ބައެއް ރަނގަޅުތައް ގައުމަށް ލިބިފައިވި ނަމަވެސް ހާލަތަށް މާ ބޮޑު އެދެވޭ ބަދަލުތަކެއް އަދި އައިސް ކުރިއެރުން ލިބިފައެއް ނެތެވެ.

ރައީސް ރަނިލް ޖަޕާނަށް ވަޑައިގެން އެންމެ ބޮޑަށް މައްސައްކަތް ކުރެއްވީ ހާރިޖީ އަދި އިގްތިސޯދީ ސިޔާސަތު ފައިދާ ހުރި ގޮތެއްގައި ހުށަހަޅުއްވައި، ލަންކާގެ އިގްތިސޯދު ރަނގަޅު ކުރަން ފަށާފައިވާ މަސައްކަތަށް ތާއީދު ހޯއްދަވާށެވެ. އެގޮތުން ޖަޕާނުގެ ބޮޑުވަޒީރާއެކު ބޭއްވި މަޝްވަރާތަކުގައި ލަންގާ ބަނގުރޫޓުވުމާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ލައިޓް ރޭލް ޓްރާންސިޓް (އެލްއާރުޓީ) މަޝްރޫއުއަށް ޖަޕާނުން ދޭ އެހީތެރިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.