ރިފްއަތު ވަޑައިނުގަތުމަކީ ކަނޑު ވިއްކާލި ކަމުގެ ފުރަތަމަ ހެކި: ސަލީމް

ސަލީމް ވިދާޅުވި ގޮތުގައި ބަންޑާރަ ނާއިބާއި މަޖިލީހުގެ 87 މެންބަރުން ކުރަން ބޭނުންވާ ސުވާލުތަަކަށް ޖަވާބުދާރީވެވަޑައިނުގަތުމަކީ ކަނޑު ވިއްކާލި ކަމުގެ ފުރަތަމަ ހެއްކެވެ.

ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު އަދި މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމް

ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަތުމުގެ ބަދަލުގައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަކީ މި ސަރުކާރުން ކަނޑު ވިއްކާލި ކަމުގެ ފުރަތަމަ ހެކި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު / އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ. 

ޗާގޯސް މައްސަލައިގައި އިދިކޮޅު ޕާޓީތަކުން ގުޅިގެން މަޖިލީހަށް ވައްދާފައިވާ ބަންޑާރަނައިބްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދަށް ތާވަލުކުރީ އޭނާ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމަށެވެ. އެކަމަކު އޭނާ ޖަވާބުދާރީވެފައި ވަނީ ލިޔުމުން ކަމަށްވާތީ ދެން މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޖިލީހުގައި އޮތީ ސުވާލު އުފެދިފަ އެވެ.

އެ ސުވާލު އުފެދުނު މައިގަނޑު ސަބަބަކީ މި މައްސަލައިގައި ބަންޑާރަނައިބް ކޯޓަށް ހާޒިރުވެގެން ޖަވާބުދާރީވާނެ ގޮތަކާމެދު އެކަނި އާންމު ކޮމެޓީއިން ނިންމާފައި ވާތީ އެވެ. ލިޔުމުން ޖަވާބުދާރީވެއްޖެނަމަ ދެން އަމަލުކުރާން ގޮތެއް ކަނޑައަޅާފައި ވާތީ މެމްބަރުން ވަނީ އެކި ހިޔާލުތައް ފާޅުކުރަން ފަށައިފަ އެވެ.

އެހެންވެ، ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރަން މަޖިލީސް މެދު ކަނޑައިލީއެވެ.

އެކަމާއި ގުޅިގެން ސަލީމް ވިދާޅުވީ ބަންޑާރަ ނާއިބާއި މަޖިލީހުގެ 87 މެންބަރުން ކުރަން ބޭނުންވާ ސުވާލުތަަކަށް ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ވަޑައިނުގަތުމަކީ ކަނޑު ވިއްކާލި ކަމުގެ ފުރަތަމަ ހެކި ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ބަންޑާރަނައިބް މަޖިލީހަށް ހާޒިރުވާން ޖެހޭ ކަމަށް މައިނޯރިޓީ ލީޑަރު ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ވަކިގޮތެއް އެ ކަމުގައި ނުނިންމޭ ކަމަށެވެ.

"މި ބާވަތުގެ ކަންކަމުގައި އަޅުގަނޑު ޖެހޭނީ [އިސްތިޝާކީ] ލަފާއެއް ހޯދަން. ގާނޫނުއަސާސީ މާނަކުރެވުނު އިރު ނޫނީ އެކުލަވާލެވުނުއިރު އޮތްގޮތާއި، މި ބާވަތުގެ ވާހަކަތައް އަޅުގަނޑު އެދޭގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން. އަޅުގަނޑު މި ގޮނޑީގާ އިނދެ ގާނޫނު އަސާސީ އާއި ހިލާފަށް ވަޒީރު ބޭފުޅަކު ވަކިކުރުމުގެ އިޖުރާއަތުތައް ހިންގުން އެއީ އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ދެކިވަޑައިގަންނަވާ ގޮތުގައި، ބަންޑާރަނައިބަށް އެއްވެސް ފުރުސަތެއް ހަނިވާގޮތަށް އަމަލުކުރެއްވުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. ވަޒީރުންނަށް ލިޔުމުން ޖަވާބު ދެވޭނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ވެސް ނަޝީދު ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.