ބެންޒެމާއަށް ސައުދީން ބޮޑު ހުށަހެޅުމެއް

ކްރިސްޓިއާނާ ރޮނާލްޑޯ މިހާރުވެސް ސައުދީގައި ކުޅޭ އިރު މެސީ ސައުދީއަށް ގެންދަން ވެސް ސައުދީގެ މުއްސަނދި ކްލަބުތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ކަރީމް ބެންޒެމާ: ސައުދީއަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ތަރި ކަރީމް ބެންޒެމާ ހޯދަން ސައުދީ އަރަބިއްޔާގެ ޓީމަކުން މަސައްކަތް ފަށައި ބޮޑު އަގެއް ހުށަހަޅައިފި ކަމަށް ވެއެވެ.

ރެއާލް މެޑްރިޑުގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އެ ޓީމްގެ ކެޕްޓަން ބެންޒެމާއަށް ބޮޑު އަގު ކިޔައިގެން އުޅެނީ ސައުދީގެ އަލް އިއްތިހާދެވެ. އެ ކްލަބުން ވަނީ 100 މިލިއަން ޔޫރޯ ބެންޒެމާއަށް ހުށަހަޅާފަ އެވެ. 

އަލް އިއްތިހާދުން ހުއްޓާ ނުލައި އެކަމަށް މަސައްކަތްކޮށް ބެންޒެމާގެ އާއިލާއާ ހަމައަށް ވެސް އެ މަޝްވަރާ މިހާރު ވަނީ ގެންގޮސްފަ އެވެ.

ބެންޒެމާ ވަނީ މެޑްރިޑަށް 324 ގޯލު ޖަހައި އެ ކްލަބުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފަ އެވެ.  މިދިޔަ އަހަރު ބެލެންޑޯ ކާމިޔާބުކުރި ބެންޒެމާ ސައުދީއަށް ދިއުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ބެންޒެމާ ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ކްރިސްޓިއާނާ ރޮނާލްޑޯ މިހާރުވެސް ސައުދީ ގައި ކުޅޭ އިރު މެސީ ސައުދީއަށް ގެންދަން ވެސް ސައުދީގެ މުއްސަނދި ކްލަބުތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.