ލިލީގެ މައްޗަށް ބޮޑު ހުކުމެއް، 15 ދުވަސްތެރޭ ނުވަ މިލިއަން ދައްކަން އަންގަައިފި

ސިވިލްކޯޓުން ވަނީ 9،315،700 ރުފިޔާ 15 ދުވަސްތެރޭ އެ ކޯޓަށް ދައްކަން ހުކުމް ކޮށްފައެވެ.

ލިލީ އެންޓަޕްރަައިސަސް ޕްރައިވެޓް ލިމިޓެޑްގެ މައި އޮފީސް ހިންގާ އިމާރާތް

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ލިލީ އެންޓަޕްރަައިސަސް ޕްރައިވެޓް ލިމިޓެޑުން މީހަކަށް ދިން ޗެކްތަކެއްގެ މައްސަލާގައި އެ ކުންފުނީގެ މައްޗަށް ބޮޑު ހުކުމެއް އަތުވެއްޖެ އެވެ.

ސިވިލް ކޯޓުން މިއަދު ނިންމި މި މައްސަލަ އަކީ ލިލީން ކުރާ ވިޔަފާތިއަށް އިންވެސްޓް ކުރުމަށް އެ ކުންފުންޏަށް މ. އެއްމުލިމާގެ، އާސިމް އަބްދުއްރަހީމް ދިން ފައިސާތަކެއް އެއްބަސްވި ގޮތަށް ލިލީން ފައިސާ ދައްކަމުން ނުދާ މައްސަލަ އަކާއި ފައިސާގެ ގެރެންޓީގެ ގޮތުގައި ދީފައިވާ ޗެކްތަކަށް ބެންކުން ފައިސާ ދޫނުކުރުމަށް "ސްޓޮޕް އޯޑާ" އަންގާ އަދި ލިލީން ދިން ޗެކްތަކުގެ ތެރެއިން އެއް ޗެކުގެ މުއްދަތު ހަމަވެފައިވާތީ އެ ކުންފުންޏާއި ދެކޮޅަށް އާސިމް ހުށައެޅި މައްސަލަ އެކެވެ.

މި މައްސަލަ ބެެލުމަށް ފަހު ގާޒީ ފައްޔާޒް ޝާތިރު އިއްވެވި ހުކުމްގައި ބުނެފައިވަަނީ ލިލީން އާސިމަށް ދީފައިވާ ޗެކްތަކުގެ ޖުމްލަ ކަމުގައިވާ 9،315،700 ރުފިޔާ އަކީ އެ ކުންފުނިން އާސިމަށް ދޭން ޖެހޭ ފައިސާ ކަމަށް މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ސަބަބުތައްވެސް ހުކުމްގައި ހަ ނުކުތާއަކަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

އެހެން ކަމުން އެ ފައިސާ ޖޫން މަހުގެ 15 ގެ ކުރީން ސިވިލް ކޯޓަށް ދައްކާ ދަރަނި ހަލާސް ކުރުމަށް ވަނީ އަންގާފައެވެ.

ލިލީ އެންޓަޕްރަައިސަސް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ދުވަސްވީ ކުންފުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.