އަދާލަަތު އިލްމުވެރީން ރައީސާ ބައްދަލުކޮށް އެކުގައި ތިބި ކަމުގެ ޔަގީންކަން ދީފި

އާންމުންގެ މެދުގައި ވަރަށް މަގުބޫލުކަން ކުޑަ އަދާލަތު ޕާޓީއަކީ ވަރަށް ގިނަ ދީނީ އިލްމުވެރީންގެ މަސައްކަތާއި ބައިވެރިވުން އޮވެގެން އުފެއްދި ޕާޓީ އެކެވެ.

އަދާލަތު ޕާޓީގެ އިލްމުވެރީން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރެއްވުން

އަދާލަތު ޕާޓީގެ އިލްމުވެރީން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މިއަދު ބައްދަލުކޮށް އެ ބޭފުޅުންގެ ތާއީދު މި ސަރުކާރާއި ރައީސް ސޯލިހަށް އޮތް ކަމުގެ ޔަގީންކަން އަރުވައިފި އެވެ.

މި ޔަގީންކަން އެ ބޭފުޅުން އެރުވިއިރު އަދާލަތު ޕާޓީން ވަަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމާ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި އަދާލަތުން އެދިގެން ބޭއްވެވި މި ބައްދަލްވުމުގައި ސަރުކާރުގެ ސިޔާސަތުތަކަށް އެ ބޭފުޅުން ފުރިހަމައަށް ތާއީދު ކުރާ ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހާއި ސަރުކާރާއެކު އެ ބޭފުޅުން ތިއްބެވި ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

އާންމުންގެ މެދުގައި ވަރަށް މަގުބޫލުކަން ކުޑަ އަދާލަތު ޕާޓީއަކީ ވަރަށް ގިނަ ދީނީ އިލްމުވެރީންގެ މަސައްކަތާއި ބައިވެރިވުން އޮވެގެން އުފެއްދި ޕާޓީ އެކެވެ. ނަމަވެސް އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް އިމްރާން އަބްދުﷲ ވަޑައިގެން ޕާޓީން ގެންގުޅެމުން އައި ވަރަށް ގިނަ އަސާސްތައް ދޫކޮށް ޕާޓީގެ މިސްރާބު އެހެން ދިމާއަކަށް ބަދަލުކޮށްލުމުން ގިނަ އިލްމުވެރީން ވަނީ އެ ޕާޓީއާ ފެއަށް ޖެހިވަޑައިގެންފައެވެ.

އަދި ސިޔާސީ ގޮތުންވެސް މުހިންމު މަސައްކަތްތަކެއް ކުރެއްވި އަދާލަތަށް ނިސްބަތްވި ވަރަށް ގިނަ ބޭފުޅުން މިހާރު ތިއްބެވީ އަދާލަތާއި ދުރުގައެވެ. އޭގެ ތެރޭގައި އަދާލަތުގެ އެއްވެސް އަޑެއް ނެތް ދުވަސްވަރު އެ ޕާޓީ ތަމްސީލު ކުރެއްވި ކުރީގެ މިނިސްޓަރު ޝިދާތާ ޝަރީފާއި އަދާލަތަށް މިހާތަނަށް މަޖިލީހުން ގޮޑިއެއް ކާމިޔާބު ކުރެވުނު -- މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު / ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމް ހިމެނިވަޑައިގަންނަވައެވެ.

މިއަދުގެ ބައްދަލްވުމާއި ގުޅޭގޮތުން އަދާލަތުން ބުނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމާފައި ވާތީ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފަރާތުން މިއަދު ރައީސާ ބައްދަލުކުރައްވައި އެ މަޖިލީހުން ރައީސްގެ ސަމާލު ކަމަށް ގެންނަން ބޭނުންފުޅުވާ ކަންކަމާމެދު މަޝްވަރާ ކުރައްވައިފި ކަމަށެވެ.

ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އިލްމުވެރީންނާއި އާންމުންގެ ކަންބޮޑުވުން އޮތް އެއްވެސް ކަމަކާ ގުޅޭގޮތުން އެ ބޭފުޅުން ރައީސާ މަޝްވަރާއެއް ނުކުރައްވައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.