ސަރުކާރުގެ ބޮޑު ފިހާރަ އެސްޓީއޯ - ހިއްސާދާރުންނަށް ބޮޑު ފައިދާއެއް

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ވަނީ ހިއްސާއަކަށް 77ރ. ބަހަން، މިރޭ ފާސް ކޮށްފަ އެވެ. މިއީ 2021 އަށްވުރެ 12ރ. އިތުރު އަދަދެކެވެ.

އެސްޓީއޯއިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާ -- އެސްޓީއޯ
އެސްޓީއޯ އޭޖީއެމްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ސައީދު ވާހަކަ ދައްކަވަނީ -- އެސްޓީއޯ

ސަރުކާރުގެ ބޮޑު ފިހާރަ - އެސްޓީއޯގެ ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާ އިން ބަހަން ފާސްކުރީ 77ރ. އެވެ. މިއީ 2021 އަށްވުރެ ބޮޑުތަނުން އިތުރު ވުމެކެވެ. 

ހުޅުމާލެ ސެންޓްރަލް ޕާކުގެ ބިޔަ ޓެންޓުގައި މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނަށް ފާސް ކުރަން ބޯޑުން ނިންމާފައިވާ ހިއްސާއަކަށް 77ރ. ބަހަން ފާސްކުރީ ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. 

އެސްޓީއޯގެ ހިއްސާދާރުންނަށް މިރޭ ބަހަން ފާސްކުރި އަދަދަކީ 2021 ގައި ހިއްސާއަކަށް ލިބުނު އަދަދަށްވުރެ 12ރ. ބޮޑު އަދަދެކެވެ. 

އެސްޓީއޯއިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރަށް ހޮވާފައިވަނީ މުހައްމަދު އަހްސަން ސަލީމް އެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް އޮޑިޓް ކުރަން ހޮވާފައިވަނީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ. 

އެސްޓީއޯ އިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ އިސް މުވައްޒަފެއް -- އެސްޓީއޯ
މިދިޔަ އަހަރު އެސްޓީއޯ ގްރޫޕް - ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޮޑު ކުންފުނި އެސްޓީއޯގެ މުޅި ގްރޫޕަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދު އެސްޓީއޯއަށް ވަކިން ހާއްސަކޮށްފައި ބަލާނަމަ އުޅެނީ 864 މިލިއަން ރުފިޔާގަ އެވެ. މިއީ އެސްޓީއޯ އަށް 2021 ވަނަ އަހަރު ނިމުނުއިރު ސާފު ފައިދާގެ ގޮތުގައި ލިބުނު 576 މިލިއަން ރުފިޔާއާ އަޅާ ކިޔާނަމަ ބޮޑުތަން އިތުރު ވުމެކެވެ.
އެސްޓީގެ މިހާރުގެ ބޯޑު އެތުރިފައިވާ ގޮތް -- އެސްޓީއޯ

އެސްޓީއޯ ގްރޫޕް ވިޔަފާރީގެ އާމްދަނީ

  •  މޯލްޑިވްސް ގޭސް: 223 މިލިއަން
  •  އެލައިޑް އިންޝުއަރެންސް: 188 މިލިއަން
  •  މިފްކޯ: 1.5 ބިލިއަން
  •  ނޭޝަނަލް ޝިޕިން: 308 މިލިއަން
  •  އެފްއެސްއެމް: 13 ބިލިއަން

ސަރުކާރުގެ ބޮޑު ފިހާރަ، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން މި އަހަރު ފެށި ކުއާޓަރު ފުރަތަމަ ތިން މަހު ލިބުނު ސާފު ފައިދާ 37 ޕަސެންޓް އިތުރު ވުމަކުންނެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން މި ކުއާޓާރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 368 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 149 މިލިއަން ރުފިޔާ އަޅާ ކިޔާނަމަ 37 ޕަސެންޓުގެ އިތުރު ވުމެކެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.