"ދަ ޑިމޮކްރެޓްސް" އުފައްދަން މާދަމާ ހުށައަޅަނީ

ޑިމޮކްރެޓުން ދެންމެ ބުނީ ޕާޓީ އުފެއްދުމަށް ހުށައަޅަން ޖެހޭ މެންބާޝިޕް ފޯމްތައް މާދަމާ ކޮމިޝަނަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.

"ދަ ޑިމޮކްރެޓެސް" އުފައްދަން ހުއްދި ދިން ލިޔުން ހަސަން ލަތީފް ދައްކާލައްވަނީ

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް މެންބާޝިޕް ފޯމް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން ނިންމައިފި އެވެ.

"ދަ ޑިމޮކްރެޓްސް" ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށެވެ. އެ ހުއްދަ ކޮމިޝަނުން ދިނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

އެ ހުއްދަ ލިބުމާއެކު ޕާޓީއަށް މެންބަރުން ހޯދުމުގެ މަސައްކަތް ފެށި އެވެ. މުޅި ރާއްޖޭގައި ވަރަށް ފުޅާކޮށް އެ މަސައްކަތް ދަނީ ހިނގަމުންނެވެ.

ޑިމޮކްރެޓުން ދެންމެ ބުނީ ޕާޓީ އުފެއްދުމަށް ހުށައަޅަން ޖެހޭ މެންބާޝިޕް ފޯމްތައް މާދަމާ ކޮމިޝަނަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ޕާޓީ އުފައްދާއިރު ބައިވެރިވާން ބޭނުން މީހުން މިރޭ 11:00 ގެ ކުރީން ބޮޑުފެންވަޅުގޭގައި ހިންގާ ޑިމޮކްރެޓުންގެ އޮފީހަަށް ފޯމްތައް ހުށައެޅުމަށެވެ.

"ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރި ބައެއްގެ ފޯމްތައް ހުށައެޅުން

މާދަމާއަކީ ހަފްތާގެ ރަސްމީ ފަހު ދުވަހަށް ވާތީ ޑިމޮކްރެޓުންގެ ހުށައެޅުމާމެދު ގޮތް ނިންމާނީ އަންނަ ހަފްތާ ގައި ކޮމިޝަންގެ ބައްދަލްވުމެއް ގައެވެ.

އެ ބައްދަލްވުމުގެ ކުރީން ހުށައެޅި ފޯމްތަކުގައި 3،000 މެންބަރުންގެ ސައްހަ ފޯމް ހިމެނޭނަމަ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދޭނެ އެވެ. އެ ޖަލްސާ ބާއްވަން ޖެހޭނީ 300 މެންބަރުންނާއެކު އެވެ. އެ އަދަދު ހަމަވޭތޯވެސް ކޮމިޝަނުން ބަލާނެ އެވެ.

އޭގެ ފަހުން ޕާޓީ ރަޖިސްޓަރީ ކޮށްދީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާނެ އެވެ. ބެލެވޭ ގޮތުން އަންނަ ހަފްތާގައި މި މުޅި މަރުހަލާ ނިންމާ ޑިމޮކްރެޓްސް އުފެދޭނެ އެވެ.

އެ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރަންވެސް ނިންމާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.