ފަހަކަށް އައިސް ރާއްޖޭގައި ވަރަށް ގިނަ ޒުވާނުންނަށް ސްޓްރޯކް ޖެހެ އެވެ. އަދި އެފަދަ ހާދިސާތަކުގައި ވަރަށް ގިނަ ޒުވާނުން މަރުވަމުން ދެ އެވެ.
އެ ޒުވާނާއަކީ މާލޭގެ ވިލާ ހައި ސްކޫލުގައި ކިޔަވަމުން އައި ދަރިވަރެއް ކަމަށްވާ އައިމިނަތު ސުހާ އިމްތިޔާޒެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ސުހާއަށް ސްޓްރޯކެއް ޖެހުނީ މީގެ ހަތަރު ދުވަސް ކުރިން ކަމަށް ވެއެވެ. އަދި ސްޓްރޯކެއް ޖެހިގެން ސުހާ ވެއްޓި ސިކުނޑިއަށް ލޭ އެޅިފައި ވެއެވެ.
ސުހާގެ މޫނު ދެއްކުން މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ހިންގާއިރު އޭނާގެ ޖަނާޒާ ބާއްވަނީ އަސުރު ނަމާދަށް ފަހު އެވެ. އޭނާގެ މޫނު ބަލަން ގިނަ ބަޔަކު ދިޔައެވެ.
ފަހަކަށް އައިސް ދިވެހި ރާއްޖޭގައި ވަރަށް ގިނަ ޒުވާނުންނަށް ސްޓްރޯކް ޖެހެ އެވެ. އަދި ޅައުމުރުގެ ވަރަށް ގިނަ މީހުނަށް ހާޓްއެޓޭކް ޖެހެ އެވެ. އަދި އެފަދަ ހާދިސާތަކުގައި ވަރަށް ގިނަ ޒުވާނުން މަރުވެ ބައެއް މީހުން ޕެރަލައިޒްވެފައި ވެއެވެ.