ގެއްލުނު ދެމައިން ހޯދަން ފެށުމުން އާއިލާއަށް ގުޅައިފި

މީހުން ގެއްލުން މަދެއް ނުވެއެވެ؛ އާންމު ގޮތެއްގައި މިހެން ގެއްލޭ މީހުންގެ ތެރެއިން ގިނަ މީހުނާއި ކުޑަކުދީން ފެނެ އެވެ. އެފަދަ ގިނަ މީހުން އުޅެފައި ވަނީ ކޮންމެ ވެސް ކަމަކާ ގުޅިގެން ފިލައިގެނެވެ. ބައެއް މީހުން ފެންނަނީ ގެސްޓްހައުސްތަކުންނެވެ.

އައިޝަތު އިހްސާނާ

ގެއްލިގެން ހޯދަމުން ދިޔަ އިހުސާނާގެ ދެމައިން އާއިލާއަށް ގުޅައިފި އެވެ. 

ކުޑަ ދަރިފުޅާއިއެކު ގެއްލިގެން ފުލުސް އިދާރާއިން ނުކުމެ ހޯދަމުން ދިޔައީ ހއ. އިހަވަންދޫ / ނަސްރީނުގެ، އައިޝަތު އިހްސާނާ 32، އާއި އޭނާގެ ދެ އަހަރުގެ ކުޑަ ދަރިފުޅު ކަމަށެވެ.  

ހުޅުމާލެއަށް އެ ދެމައިން ގެއްލިގެން އާއިލާއިން ރިޕޯޓް ކުރީ މި މަހު 29 ވަނަ ދުވަހު އެވެ. ނަމަވެސް މިއަދު އިހުސާނާގެ ދެމައިން ހޯދަން އިއުލާނު ޖަހައި ފޮޓޯ އާންމު ކުރުމާއެކު އިހުސާނާ ވަނީ އާއިލާއަށް ގުޅާފަ އެވެ. އޭނާ އާއި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ވެއެވެ.   

މީގެ ނުވަ ދުވަސް ކުރިން ވެސް ހިޔާއަވަށުގެ ތެރެއަށް ކުޑަ ކުއްޖަކު ގެއްލުނެވެ.

އެ ދުވަހު ގެއްލުނީ އުމުރުން 17 އަހަރުގެ އަބްދުއް ނާފިއު އިބްރާހިމް އެވެ. އެއީ ޅ. ކުރެންދޫ ކުއްޖެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަނިމުން ދަނިކޮށް އަމިއްލައަށް ގެއަށް ދިޔައީ އެވެ.   

ފަސްފަހަތް - މީހުން ގެއްލުން މަދެއް ނުވެއެވެ؛ އާންމު ގޮތެއްގައި މިހެން ގެއްލޭ މީހުންގެ ތެރެއިން ގިނަ މީހުނާއި ކުޑަކުދީން ފެނެ އެވެ. އެފަދަ ގިނަ މީހުން އުޅެފައި ވަނީ ކޮންމެ ވެސް ކަމަކާ ގުޅިގެން ފިލައިގެނެވެ. ބައެއް މީހުން ފެންނަނީ ގެސްޓްހައުސްތަކުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.