މާލޭގެ ޕާކުތަކަށް ވަންނަ ބިދޭސީން އަތުން ފީ ނަގަނީ

"އެއީ އެހެން ގައުމުތަކުގަ ވެސް ކުރާކަމެއް. ހަމަ ތަހުޒީބީ ކަމެއް. އެއީ ތަފާތު ކުރުން ކަމަކަށް ނުބެލެވޭ. ހަމަ ނޯމަލް ޕްރެކްޓިސްއެއް އެއީ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ އާޓިފިޝަލް ބީޗްގައި މިދިއަ ހުކުރު ދުވަހު ބިދޭސީންތަކެއް: މާލޭގެ ގިނަ ޕާކްތަކުގައި ވަދެ ތިބެނީ ބިދޭސީން -- މި

މާލޭގެ ބޮޑު ދެ ޕާކް ކަމަށްވާ ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މާލޭގައި ބޮޑު ދެ ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން ހުށަހެޅީ ކައުންސިލް މެމްބަރެކެވެ. އެކަމަށް ތާއީދު ކުރައްވާ މިއަދު ބޭއްވި ކައުންސިލްގެ އާންމު ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނެގުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އާންމުކޮށް ކުރާ ކަމެއް ކަމަށެވެ. -- މީގެ ކުރީން ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަލްޓަންޕާކް، "ރަސްރަނި ބަގީޗާ" ގެ ނަމުގައި ހިންގި އިރު ވެސް އެ ޕާކަށް ބިދޭސީން ވަންނަން ފީއެއް ނެގި އެވެ. 

އެހެންކަމުން ފީއެއް ނަގައިގެން ބިދޭސީންނާމެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ނުބެލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެއީ އެހެން ގައުމުތަކުގަ ވެސް ކުރާކަމެއް. ހަމަ ތަހުޒީބީ ކަމެއް. އެއީ ތަފާތު ކުރުން ކަމަކަށް ނުބެލެވޭ. ހަމަ ނޯމަލް ޕްރެކްޓިސްއެއް އެއީ،" މުއިއްޒު ވިދާޅުވި އެވެ.

ކައުންސިލް މެމްބަރުންގެ ވޯޓުން އެކަން ފާސްވުމުން މުއިއްޒު ވިދާޅުވީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފީ ނަގަން ފެށޭނެ ކަމަށެވެ. ދެ ހަފްތާއިން ޓިކެޓެއް ދޫކުރުމުގެ ކަންކަން އިދާރީ ގޮތުން ހަމަޖެހިގެންދާނެ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

މާލޭގެ އާޓިފިޝަލް ބީޗްގައި މިދިއަ ހުކުރު ދުވަހު ބިދޭސީންތަކެއް: މާލޭގެ ގިނަ ޕާކްތަކުގައި ވަދެ ތިބެނީ ބިދޭސީން -- މި

ފީ ނަގާއިރު ޓޫރިސްޓް ވިސާގައި ޕާކަށް ވަންނަ ބިދޭސީންގެ ފީ، ވޯކް ޕާމިޓް ވިސާ އޮންނަ ފަރާތްތަކަށް ވުރެ ބޮޑުވާނެ އެވެ. ފީގެ ގޮތުގައި ނަގާނީ ކިހާ އަދަދެއް ކަމެއް ޖަލްސާގައި ފާހަގަކޮށްފައެއް ނުވެ އެވެ.

މި މައުލޫއާއި ގުޅިގެން މެމްބަރުން ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި، އެހެން ގައުމުތަކުގެ ޕާކުތަކާއި ޒޫތަކަށް ވަންނައިރު ޓިކެޓެއް ނަގަން ޖެހޭ ކަމަށެވެ. އެހެންކަމުން ހުރިހާ މެމްބަރުން ވެސް ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.

މާލެ ސަރަހައްދުތަކުގައި ހުންނަ ގިނަ ޕާކުތަކުގައި ގުރޫޕު ގުރޫޕަށް ބިދޭސީން އޮވެ އެވެ. ހާއްސަ ގޮތެއްގައި ބަންދު ދުވަސްދުވަހު މަގުތަކާއި ޕާކުތަކުގައި ތިބޭ ބިދޭސީންގެ ނިސްބަތް ދިވެހިންނަށް ވުރެ ބޮޑުތަނުން ގިނަ އެވެ.

ކޮމެންޓް

1
450
އަލްމީން
10 months ago

ރަނގަޅު ނިންމުމެއް މިއީ

ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.