ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން އެސިސްޓެންޓް، "އާޔާ" ތައާރަފުކޮށްފި

"އާޔާ" ފަރުމާ ކޮށްފައި ވަނީ ޖެނެރޭޓިވް އޭއައި އަދި އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިން (އެންއެލްޕީ) ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ.

ބޭންކްގެ ސީއީއޯ އާއި އެ ބޭންކްގެ ސީނިއާ އޮފިޝަލަކު "އާޔާ" އާ ބެހޭ މައުލޫމާތު ދެއްވަނީ -- ބީއެމްއެލް

ފޯރު ކޮށްދޭ ހިދުމަތް ފުރިހަމައަށް ދޭން ބޭންކް އޮފް މޯލްޑިވްސް އިން އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ބޭންކިން އެސިސްޓަންޓް، "އާޔާ" މިއަދު ތައާރަފު ކޮށްފި އެވެ.

"އާޔާ" އަކީ ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖާ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓްބޮޓެކެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ "އާޔާ" އަށް ކަސްޓަމަރުން ކުރާ ސުވާލުތަކަށް ވަގުތުން ޖަވާބުދީ ކަސްޓަމަރު ބޭނުން ވާނަމަ ކަސްޓަމާ ސާވިސް އޭޖަންޓަކަށް ވެސް ޗެޓް ޓްރާންސްފާ ކޮށްލެވެ އެވެ. 

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލް ފަދަ ބްރޭންޑްތަކާ ކަސްޓަމަރުން މުއާމަލާތް ކުރަން ބޭނުން ވާނީ އެ ފަރާތެއް ހިޔާރު ކުރާ ޗެނަލެއް މެދުވެރިކޮށް ކަމަށާއި އެކި ޗެނަލްތައް މެދުވެރިކޮށް ސްމާޓްކޮށް މުއާމަލާތް ކުރަން "އާޔާ" ފަރުމާ ކޮށްފައިވަނީ ޖެނެރޭޓިވް އޭއައި އަދި އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިން (އެންއެލްޕީ) ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަހަށް ޖަވާބު ދެވި، މައްސަލަ ހައްލުވެ، އޭގެ ސަބަބުން ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެގެން ދާނެ." ކާލް ސްޓުމްކަ ވިދާޅުވި އެވެ.

ދިވެހި ބޭންކް، ބީއެމްއެލަކީ ރާއްޖޭގައި މާލީ ހިދުމަތް ފޯރުކޮށްދޭ އެންމެ ކުރިއަރާފައިވާ އިދާރާ އެވެ. ހިދުމަތްދޭ އެހެން ފަރާތްތަކާ ތަފާތުކޮށް ޑިޖިޓަލް ހިދުމަތްތައް ފޯރު ކޮށްދިނުމާއި، ސެލްފް ސާވިސް ބޭންކިން ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން ކޮންމެ ދުވަހަކު ބޭނުންކުރާ ބޭންކިން ހިދުމަތްތައް އޮންލައިންކޮށް މެނޭޖް ކުރެވޭނެ ގޮތް ގާއިމްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބީއެމްއެލުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

  •  ވަގުތުން ބޭންކް އެކައުންޓް ހުޅުވުން
  •  އޮންލައިންކޮށް ލޯނު އަދި ފައިނޭންސިން އަށް ހުށަހެޅުން
  •  ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު އަމިއްލަ އަށް މެނޭޖް ކުރުން
  •  ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި ޓީޓީގެ ހިދުމަތް
  •  ގިނަ އެހެން ޑިޖިޓަލް ހިދުމަތްތައް

ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ސަބަބުން، މިހާރު ކަސްޓަމަރުންނަށް ކޯލް މެނޫ މެދުވެރިކޮށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އެސްއެމްއެސް ލިބެ އެވެ. ކިއުގައި މަޑުކުރަން ބޭނުން ނުވާނަމަ ކަސްޓަމަރަށް ގުޅަން އެދެވެ އެވެ. ކުއްލި ހާލަތްތަކުގައި އަވަސްކޮށް ގުޅަން ވެސް އެދެވެ އެވެ. 

  •  ދިވެހި ބޭންކު މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ދޭ
  •  މުޅި ރާއްޖެ ހިމެނޭ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް
  •  87 ސެލްފްސާވިސް ބޭންކިން ސެންޓަރު
  •  143 އޭޓީއެމް
  •  200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން

"ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ބޭންކަށް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ފޯރު ކޮށްދޭ ހިދުމަތްތަކަކީ އަވަސް، ޒަމާނާ ގުޅޭ، ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ އިންވެސްޓްމަންޓްގެ ނަތީޖާ މިހާރު ވެސް މިދަނީ ފެންނަމުން. އެގޮތުން، 2022 ވަނަ އަހަރު ހިދުމަތުގެ ފެންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 40 ޕަސެންޓް ވަނީ ރަނގަޅުވެފައި" ކާލް ވިދާޅިވި އެވެ.

"އަދި އަޅުގަނޑުމެންގެ ހިދުމަތް ހޯދުމަށް ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު މިވަނީ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ދަށްކުރެވިފައި. އެހެން ނަމަވެސް، އަދިވެސް ގިނަ މަސައްކަތް ކުރަންޖެހޭ. އަދި އަޅުގަނޑުމެން އިޖާދީ ހައްލު ހޯދުމަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށްދޭ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނުވުމަށް މަސައްކަތްތަކެއް ކުރާނަން." 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.