ހިޔާ އަވަށަށް ކަރަންޓު ދީ، އާންމު ހާލަތަށް ރުޖޫއަވެއްޖެ

ހުޅުމާލޭގެ ހިޔާ އަވަށުން ކަރަންޓު ދިއުމާ ގުޅިގެން ހިޔާ އަވަށުގައި އާބާދުވެފައި އޮތް ބައިލައްކައާ ގާތް ކުރާ ބޮޑު އާބާދީއަށް ވަނީ ދަތިތަކާ ކުރިމަތިވި އެވެ.

ހަލާކުވެ ކަރަންޓު ކަނޑައިގެން ދާ މެދުވެރި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯގެ އިންޖިނޭރުން ކުރަނީ

މަގުތައް ކޮނުމުގެ ތެރޭގައި ކަރަންޓު ކޭބަލެއް ބުރި ވެގެން ހުޅުމާލޭގެ ހިޔާއަވަށް / ފޭސް ދޭކުން އެކަށް މިއަދު ކަރަންޓް ގޮސްފައި އޮތުމަށް ފަހު އަލުން ކަރަންޓު ދީފި އެވެ. 

ކަރަންޓު ދިއުމުގެ ސަބަބުން ދެ ގަޑިއެއްހާ އިރަށް ހުއްޓިފައި އޮތް އެ އަވަށް މިހާރު ވަނީ އާންމު ހާލަތަށް ރުޖޫއަވެފަ އެވެ. 

ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރަށް އެ އަވަށުން މިއަދު ކަރަންޓް ދިޔަ އެވެ. ކަރަންޓު ކެނޑުނު ހިސާބުން ފެށިގެން ސްޓެލްކޯގެ އިންޖިނޭރުން މަސައްކަތް ފަށައި މިހާރު ވަނީ ހިޔާ އަވަށުގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް އަލުން ދީފަ އެވެ.

ކަރަންޓު ކުންފުނިން ބުނީ ހުޅުމާލޭ ހިޔާއަވަށް / ދެވަނަ ފިޔަވަހީގައި ގެއްލުންތައް ލިބުނު ކަރަންޓު ކޭބަލް މަރާމާތު ކުރުމަށް ފަހު މިހާރު ކަރަންޓުގެ ހިދުމަތް އަލުން ދީފައި ވާނެ ކަމަށާއި މިއަދު އެ އަވަށުން ކަރަންޓު ދިއުމުގެ ސަބަބުން ދިމާވި ހުރިހާ ދައްޗަކަށް މާފަށް އެދޭ ކަމަށެވެ. 

ހުޅުމާލޭގެ ހިޔާ އަވަށުން ކަރަންޓު ދިއުމާ ގުޅިގެން ހިޔާ އަވަށުގައި އާބާދު ވެފައި އޮތް ބައިލައްކައާ ގާތް ކުރާ ބޮޑު އާބާދީއަށް ވަނީ ދަތިތަކާ ކުރިމަތިވި އެވެ. މީހުން ދިރިއުޅޭ އުސް ގިނަ ޓަވަރުތައް ހުންނަ އެ އަވަށުގެ އާންމު ދިރިއުޅުމާއި އޮފީސްތަކާއި ވިޔަފާރިއާ މަސައްކަތަށް ވެސް ބުރޫއަރައި ހިޔާއަވަށް އެކަށް ހުއްޓުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.