ސެންޗޫރިއަން މަސްވެރިކަމުގެ ވިޔަފާރީގެ ތެރެއަށް - އެކްސްޕޯޓް ޔޫރަޕަށް

ސެންޗޫރިއަންސްއަކީ ތަފާތު ނުވަ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެކެވެ. މަސްވެރިކަމުގެ ދާއިރާއަށް އެ ކުންފުނި ނިކުމެފައި މިވަނީ މުޅިން އަލަށެވެ. ދެ މަސްތެރޭ ކޮންޓެއިނާ އޮޕަރޭޝަން ފެށޭނެ އެވެ،

ސެންޗޫރިއަން ފިޝަރިޒްގެ މަސް އެކްސްޕޯޓު ކުރުމުގެ އޮޕަރޭޝަން ފެކްޓަރީގައި ކުރިއަށް ގެންދަނީ -- ސެންޗޫރިއަންސް

ދިވެހި ކުންފުންޏެއް ކަމަށްވާ ސެންޗޫރިއަން މީގެ ކުރިން ފެނިގެން ގޮސްފައި ވަނީ ލޮޖިސްޓިކްގެ ހިދުމަތް ދޭ ކުންފުންޏެއްގެ ގޮތުގަ އެވެ. ނަމަވެސް ކޮވިޑާއެކު ކުރި ތަޖުރިބާއިން އިބްރަތް ހާސިލްކޮށް ވިޔަފާރި އިތުރު އެހެން ދިމާލަކަށް މިވަނީ ފުޅާ ކޮށްފަ އެވެ؛ އެ ކުންފުނިން މިއަދު މިވަނީ ޔޫރަޕަށް މަސް އެކްސްޕޯޓް ކުރަން ފަށާފަ އެވެ. 

ސެންޗޫރިއަންގެ ޗެއާމަން އަހްމަދު މައުމޫން (ކެޕްޓަން މާނު) "މި" ނޫހަށް މިއަދު ވިދާޅުވީ އެ ކުންފުނިން މަސްވެރިކަމުގެ ވިޔަފާރިއަށް ނުކުމެ ދިވެހި މަހަށް ރަނގަޅު އަގެއް ހޯދައި ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

"މަސް ބޭރު ކުރަން މި ފެށީ ޔޫރަޕާއި އެމެރިކާއަށް. ޔޫރަޕަށް އެކްސްޕޯޓް ކުރެވޭ ކޮލިޓީގައި މަސައްކަތް މި ފެށީ. ދިވެހި ކަޅުބިލަމަހާއި ކަންނެލި ބޭރު ކުރަނީ. އެކަމަކު ހަމައެކަނި ކަނޑުމަސް އެކަންޏެއް ނޫން ފަރުމަސް ވެސް ބޭރު ކުރެވޭނެ،" މާނު ވިދާޅުވި އެވެ. "އައިސް އަޅައިގެން ގެންނަ [ޗިލްޑް ފިޝް] އަދި ގަނޑުކުރި މަސް ވެސް އެކްސްޕޯޓް ކުރެވޭނެ." 

ސެންޗޫރިއަން ފިޝަރީޒް ފުޅާވާނެ

ސެންޗޫރިއަން އިން ވަނީ މަސްވެރިކަމުގެ ވިޔަފާރިއަށް ނުކުމެ ސެންޗޫރިއަންސް ފިޝަރީޒް އިންވެސްޓްމަންޓްގެ ނަމުގައި ކުންފުންޏެއް އުފައްދާފަ އެވެ. މިއީ އިސް މަގާމުތަކުގައި ދިވެހިން މަސައްކަތް ކުރާ ކުންފުންޏެކެވެ. 

މާނު ވިދާޅުވި އެ ކުންފުނިން މި މަސައްކަތް ކުރަނީ ހިންމަފުށީގައި އަމިއްލަ ކުންފުންޏަކުން ހިންގަމުން ދިޔަ ފެކްޓްރީއަށް ނަގައިގެން ކަމަށާ ނަމަވެސް މާލެ ސަރަހައްދުގައި އަމިއްލަ ފެކްޓްރީއެއް ހެދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ. 

ސެންޗޫރިއަންސް އިން ވައިގެ މަގުން ބޭރުކުރަން ތައްޔާރު ކޮށްފައި ހުރި ޝިޕްމަންޓެއް

"މިއީ ދުވާލަކު 10 ނޫނީ 20 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ފެކްޓަރީއެއް. ފުރަތަމަ ޓެސްޓަކަަށް ސްޓާފުން ތައްޔާރު ވެލަން އެކްސްޕޯޓް ކުރަން މިފެށީ ދެ ޓަނު،" މާނު ވިދާޅުވި އެވެ. 

ޝިޕިން އަދި ލޮޖިސްޓިން ދާއިރާގެ ވިދާޅުވީ އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ބޮޑު ޝިޕިން ކުންފުނީގެ ހިދުމަތް ދެމުން ގެންދާ ކުންފުނި ކަމަށާ އެހެންވެ މިއީ މަސްވެރި ކަމަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ. 

ސެންޗޫރިއަންސްގެ ޗެއާމަން އަދި އެހެނިހެން ވެރިން ބައްދަލުވުމެއްގައި -- ފޮޓޯ: އަވަސް

"އާ ވިޔަފާރިއާއެކު އަޅުގަނޑުމެން ދެން މަސައްކަތް ކުރާނީ [ރީފާ] ކޮންޓެއިނާގައި މަސް އެކްސްޕޯޓް ކުރަން ފަށަން. އެ މަސައްކަތް ދެ މަސް ތެރޭގައި އިރާދަ ކުރެއްވިއްޔާ ފެށޭނެ،" މާނު ވިދާޅުވި އެވެ. 

ސެންޗޫރިއަންއަކީ ކޮން ބައެއް؟ - ސެންޗޫރިއަންއަކީ ރާއްޖޭގައި ހިއްސާ ވިއްކައިގެން ހިއްސާގެ ބާޒާރަށް ވަތް ފުރަތަމަ ދިވެހި ކުންފުންޏެވެ. އެ ކުންފުނިން ވަނީ 2016 ވަނަ އަހަރު ހިއްސާގެ ބާޒާރުގައި ލިސްޓް ކޮށްފަ އެވެ. އަދި އެ ކުންފުނީގެ 49 ޕަސެންޓް ހިއްސާ އާއްމު ޕަބްލިކަށް ވިއްކައިގެން އަމިއްލަ ކުންފުނިތަކަށް މިސާލެއް ދެއްކި އެވެ. ސެންޗޫރިއަންސްއަކީ މިއަދު ތަފާތު ނުވަ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.