ރިފްއަތުގެ މައްސަލައިގައި ނަޝީދު އެދެނީ ސުޕްރީމް ކޯޓުގެ ލަފަޔަކަށް

ނަޝީދު ދެކިވަޑައިގަންނަވާ ގޮތުގައި، ބަންޑާރަނައިބަށް އެއްވެސް ފުރުސަތެއް ހަނިވާގޮތަށް އަމަލުކުރެއްވުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ރިފްއަތަށް ލިޔުމުން ޖަވާބުދާރީ ވެވޭނެތޯ ބަލަން ސުޕްރީމް ކޯޓުގެ ލަފަޔެއް ހޯދަން ވަނީ ނިންމަވާފައި -- މަޖިލިސް

ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ލިޔުމުން ޖަވާބުދާރީވެފައިވާތީ މަޖިލީހުގައި އުފެދިފައިވާ ހިޔާލުތަފާތުވުމަށް ސުޕްރީމް ކޯޓުގެ އިސްތިރާކީ ލަފާއެއް ހޯދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ޗާގޯސް މައްސަލައިގައި އިދިކޮޅު ޕާޓީތަކުން ގުޅިގެން މަޖިލީހަށް ވައްދާފައިވާ ބަންޑާރަނައިބްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދަށް ތާވަލުކުރީ އޭނާ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމަށެވެ. އެކަމަކު އޭނާ ޖަވާބުދާރީވެފައި ވަނީ ލިޔުމުން ކަމަށްވާތީ ދެން މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޖިލީހުގައި އޮތީ ސުވާލު އުފެދިފަ އެވެ. 

އެ ސުވާލު އުފެދުނު މައިގަނޑު ސަބަބަކީ މި މައްސަލައިގައި ބަންޑާރަނައިބް ކޯޓަށް ހާޒިރުވެގެން ޖަވާބުދާރީވާނެ ގޮތަކާމެދު އެކަނި އާންމު ކޮމެޓީއިން ނިންމާފައި ވާތީ އެވެ. ލިޔުމުން ޖަވާބުދާރީވެއްޖެނަމަ ދެން އަމަލުކުރާން ގޮތެއް ކަނޑައަޅާފައި ވާތީ މެމްބަރުން ވަނީ އެކި ހިޔާލުތައް ފާޅުކުރަން ފަށައިފަ އެވެ.

އެހެންވެ، ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރަން މަޖިލީސް މެދު ކަނޑައިލީއެވެ. އެ މަޝްވަރާއަށްފަހު ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ބަންޑާރަނައިބް މަޖިލީހަށް ހާޒިރުވާން ޖެހޭ ކަމަށް މައިނޯރިޓީ ލީޑަރު ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ވަކިގޮތެއް އެ ކަމުގައި ނުނިންމޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ބާވަތުގެ ކަންކަމުގައި އަޅުގަނޑު ޖެހޭނީ [އިސްތިޝާކީ] ލަފާއެއް ހޯދަން. ގާނޫނުއަސާސީ މާނަކުރެވުނު އިރު ނޫނީ އެކުލަވާލެވުނުއިރު އޮތްގޮތާއި، މި ބާވަތުގެ ވާހަކަތައް އަޅުގަނޑު އެދޭގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން. އަޅުގަނޑު މި ގޮނޑީގާ އިނދެ ގާނޫނު އަސާސީ އާއި ހިލާފަށް ވަޒީރު ބޭފުޅަކު ވަކިކުރުމުގެ އިޖުރާއަތުތައް ހިންގުން އެއީ އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ދެކިވަޑައިގަންނަވާ ގޮތުގައި، ބަންޑާރަނައިބަށް އެއްވެސް ފުރުސަތެއް ހަނިވާގޮތަށް އަމަލުކުރެއްވުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. ވަޒީރުންނަށް ލިޔުމުން ޖަވާބު ދެވޭނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ވެސް ނަޝީދު ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.