ކުޑަދަރިފުޅާއި މަންމައަކު ގެއްލިގެން ހޯދަނީ

އެ ދެމައިން ގެއްލިގެން މި މަހު 29 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ގެއްލުނު އިހުސާނާ

ކުޑަ ދަރިފުޅާއިއެކު ދިވެހި އަންހެނަކު ގެއްލިގެން ފުލުސް އިދާރާއިން ނުކުމެ އެ ދެމައިން ހޯދަން ފަށައިފި އެވެ.  

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ހއ. އިހަވަންދޫ / ނަސްރީނުގެ، އައިޝަތު އިހްސާނާ 32، އާއި އޭނާގެ ދެ އަހަރުގެ ކުޑަ ދަރިފުޅު ކަމަށެވެ. 

އެ ދެމައިން ގެއްލިގެން މި މަހު 29 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ. އައިޝަތު އިހުސާނާގެ ދެމައިން ގެއްލިގެން ފުލުހަށް އެނގީ އޭނާގެ އާއިލާއިންނެވެ. 

ފުލުހުން ވަނީ އިހުސާނާގެ ދެމައިންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި ހިއްސާ ކުރަން ވެސް އެދިފަ އެވެ. 

އިހުސާނާގެ ދެމައިން ގެއްލުނީ އުފަން ރަށް އިވަންދޫއަށް ކަމެއް ނުވަތަ މާލެ އާއި ހުޅުމާލެއަށް ކަމެއް ފުލުހުން ބުނެދީފައި ނުވި ނަމަވެސް އެ ދެމައިންގެ މައުލޫމާތު ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނާ ހިއްސާ ކޮށްދޭން އެދިފައި ވުމުން އެ ދެމައިން ގެއްލިފައި ވަނީ ހުޅުމާލޭގެ ހިޔާ އަވަށަށް ކަމަށް ބެލެވެ އެވެ. 

މީގެ ނުވަ ދުވަސް ކުރިން ވެސް ހިޔާއަވަށުގެ ތެރެއަށް ކުޑަ ކުއްޖަކު ގެއްލުނެވެ. 

އެ ދުވަހު ގެއްލުނީ އުމުރުން 17 އަހަރުގެ އަބްދުއް ނާފިއު އިބްރާހިމް އެވެ. އެއީ ޅ. ކުރެންދޫ ކުއްޖެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަނިމުން ދަނިކޮށް އަމިއްލައަށް ގެއަށް ދިޔައީ އެވެ. 

ފަސްފަހަތް - މީހުން ގެއްލުން މަދެއް ނުވެއެވެ؛ އާންމު ގޮތެއްގައި މިހެން ގެއްލޭ މީހުންގެ ތެރެއިން ގިނަ މީހުނާއި ކުޑަކުދީން ފެނެ އެވެ. އެފަދަ ގިނަ މީހުން އުޅެފައި ވަނީ ކޮންމެ ވެސް ކަމަކާ ގުޅިގެން ފިލައިގެނެވެ. ބައެއް މީހުން ފެންނަނީ ގެސްޓްހައުސްތަކުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.