ހިޔާއަވަށުން އެކަށް ކަރަންޓު ކެނޑި ދިރިއުޅުމަށް ބުރޫއަރައިފި

ހުޅުމާލޭގެ އެ އަވަށުން ކަރަންޓު ދިއުމާ ގުޅިގެން ހިޔާ އަވަށުގައި އާބާދުވެފައި އޮތް ބައިލައްކައާ ގާތް ކުރާ ބޮޑު އާބާދީއަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ކަރަންޓު ދިއުމުން ކޭބަލް ބުރިވި ސަރަހައްދު ހޯދައި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަނީ

ހުޅުމާލޭގެ ހިޔާ އަވަށް / ފޭސް ދޭއަކުން އެެކަށް ކަރަންޓް ކެނޑިއްޖެ އެވެ. 

ހުޅުމާލޭގެ ދެވަނަ ފިޔަވަހީން ކަރަންޓު ކެނޑުނީ މަސައްކަތްތަކަށް މަގު ކޮނުމުގެ ތެރޭގައި ކަރަންޓު ކޭބަލަކަށް ލިބުނު ބޮޑު ގެއްލުމަކާ ގުޅިގެނެވެ.

ހުޅުމާލޭގެ އެ އަވަށުން ކަރަންޓު ދިއުމާ ގުޅިގެން ހިޔާ އަވަށުގައި އާބާދުވެފައި އޮތް ބައިލައްކައާ ގާތް ކުރާ ބޮޑު އާބާދީއަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. މީހުން ދިރިއުޅޭ އުސް ގިނަ ޓަވަރުތައް ހުންނަ އެ އަވަށުގެ އާންމު ދިރިއުޅުމާއި އޮފީސްތަކާއި ވިޔަފާރިއާ މަސައްކަތަށް ވެސް ބުރޫއަރައި މިވަގުތު ވަނީ އެކަށް ހިޔާއަވަށް ހުއްޓިފަ އެވެ. 

ކަރަންޓު ކުންފުނި ސްޓެލްކޯއިން ބުނީ ދިމާވި އެ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި އޮތުމުން މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

ކަރަންޓު ދިއުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.