ދިރުވާލައިގެން ޑްރަގް އެތެރެކުރި ޕާކިސްތާން ގުރޫޕެއް ބަންދަށް

އައިޖީއެމްއެޗުން ސްކޭން ހެދިއިރު ހަތަރު މީހުންގެ ހަށިގަނޑުގައި ވެސް ފޮރިން ބޮޑީ ނުވަތަ މަސްތުވާތަކެތި ހުރި ކަމަށް ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ބަޔާންކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓް

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާން ގްރޫޕެއް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ޕާކިސްތާނަށް ނިސްބަތްވާ އަންހެނަކާއި ތިން ފިރިހެނުންނެވެ. ހަތަރު މީހުން ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ ތުހުމަތު ކުރެވިގެން އެމީހުން ގެންދިޔައީ އައިޖީއެމްއެޗަށެވެ. 

އައިޖީއެމްއެޗުން ސްކޭން ހެދިއިރު ހަތަރު މީހުންގެ ހަށިގަނޑުގައި ވެސް ފޮރިން ބޮޑީ ނުވަތަ މަސްތުވާތަކެތި ހުރި ކަމަށް ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ބަޔާންކޮށްފައިވެ އެވެ.

މި މައްސަލައިގައި ބަންދުކުރީ؛

  • ހަވާރާ ހުސެއިން، ފިރިހެން
  • މިސްބާހް ބީބީ، އަންހެން
  • ޝާހްޒާދު ހުސެއިން، ފިރިހެން
  • ނައީމް ތޯރިގް، ފިރިހެން

އެ މީހުން މިވަގުތު ބާއްވާފައި ތިބީ ދޫނިދޫ މެޑިކަލް ކްލިނިކްގަ އެވެ. އެމީހުން އެތާ އެޑްމިޓްކޮށްފައި ތިބުމުން ހަތަރު މީހުންގެ ބަންދަށް ވެސް ދީފައި ވަނީ ފަސްދުވަހުގެ މުއްދަތެކެވެ. އެކަމަކު އެމީހުން ކްލިނިކުން ދޫކޮށްލާތާ 24 ގަޑިއިރުތެރޭގައި ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރަން ވާނެ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ ކުރިން ވެސް ދިރުވާލައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރާން މަސައްކަތްކޮށްފައި އެބަހުއްޓެވެ. ޑްރަގްގެ އިތުރުން ރަން ފަދަ އަގުހުރި ތަކެތި ވެސް އެތެރެކުރާން މަސައްކަތްކޮށްފައި އެބަހުއްޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.