ރިފްއަތު ޖަވާބު ދެއްވީ ލިޔުމުން، މަޖިލީސް މަޝްވަރާއަށް

"އެއްވެސް ހާލެއްގަ ވަޒީރަށް ލިބިވަޑައިގަންނަވާ ފުރުސަތުތައް ހަނިވާ ގޮތަކަށް މި މައްސަލަ ކުރިއަކަށް ނުގެންދެވޭނެ. އިއްޒަތްތެރި ވަޒީރަކަށް އެނގިވަޑައިގެންފަކާއެއް ނެތް މި މައްސަލަ ހިންގަމުން ގެންދާނެ ގޮތެއް،" ނަޝީދު ވިދާޅުވި އެވެ.

ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު

ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ލިޔުމުން ޖަވާބުދާރީވެފައިވާތީ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޖަލްސާ މެދުކަނޑާލައިފި އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާއި ދަ ޑިމޮކްރެޓްސް އަދި އެމްއެންޕީ ގުޅިގެންނެވެ. އެ މައްސަލަ ހުށަހެޅީ ޗާގޯސް އިމުގެ މައްސަލައިގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް ބަންޑާރަ ނައިބު އަމަލު ކުރައްވާފައި ވާތީ ކަމަށް ބުނެ އެވެ.

މި މައްސަލަ މިއަދަށް ތާވަލުކުރީ ރިފްއަތު މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމަށެވެ. އެކަމަކު އޭނާ ޖަވާބުދާރީވެފައި ވަނީ ލިޔުމުން ކަމަށްވާތީ ދެން މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޖިލީހުގައި އޮތީ ސުވާލު އުފެދިފަ އެވެ.

"އެނގިވަޑައިގަންނަވާނެ، ވަޒީރު ވަޑައެއް ނުގަންނަވާ. ވަޒީރު ދިފާއު ހުށަހެޅުއްވީ ލިޔުމުން. އަޅުގަނޑު އިއްޒަތްތެރި މެމްބަރުންގެ ސަމާލުކަމަށް ގެނެސްދޭން މިޖެހެނީ އާންމު ކޮމެޓީ އިން ވަޒީރު ވަޑައިގަންނަވާނެ ކަމަށް އޮތް އިޖުރާއަތެއް އަޅުގަނޑު އަތުގާ އޮތީ. ވަޒީރު ނިންމެވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގުގެ ތެރެއިން ލިޔުމުން ޖަވާބު ދެއްވަން. އެހެންވީމާ މިއީ އިދާރީ ގޮތުން މައްސަލައެއް ޖެހެދާނެ ކަމެއްގެ ގޮތުގަ އަޅުގަނޑު ފާހަގަކުރަން،" މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

އާންމު ކޮމެޓީ އިން ނިންމީ ދެ ގަޑިއިރު އެ މައްސަލައަށް ބަހުސް ކުރުމަށްފަހު ރިފްއަތަށް ޖަވާބުދާރީވާން 30 މިނެޓުގެ ވަގުތެއް ދިނުމަށެވެ. ލިޔުމުން ޖަވާބު ހުށަހަޅައިފިނަމަ ހަދާނެ ގޮތެއް ކޮމެޓީ އިން ނިންމާފައި ނުވާތީ ނިޒާމީ ނުކުތާއެއް ނަންގަވައި އެ މައްސަލައިގައި އަލުން ކޮމެޓީ އިން ގޮތެއް ނުނިންމަނީސް މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދި ނިޒާމީ ނުކުތާއެއް ހުށަހެޅުއްވީ ންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. 

އޭގެ ފަހުން ސަރުކާރަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން ވެސް ނިޒާމީ ނުކުތާ ނަންގަވައި އެދިވަޑައިގަތީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށް ފަހު އެއްބަސްވެވޭ ގޮތަކަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންވެ، އެކަމަށް މަޝްވަރާ ކުރުމަށް މަޖިލީސް ވަނީ މެދުކަނޑާލާފަ އެވެ.

"އެއްވެސް ހާލެއްގަ ވަޒީރަށް ލިބިވަޑައިގަންނަވާ ފުރުސަތުތައް ހަނިވާ ގޮތަކަށް މި މައްސަލަ ކުރިއަކަށް ނުގެންދެވޭނެ. އިއްޒަތްތެރި ވަޒީރަކަށް އެނގިވަޑައިގެންފަކާއެއް ނެތް މި މައްސަލަ ހިންގަމުން ގެންދާނެ ގޮތެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނެ އެއްގޮތަކީ އެ މައްސަލައާ ދެކޮޅަށް 44 ވޯޓު ނުވަތަ ދެކޮޅަށް 44 ވޯޓު ލިބިގެން ކަމަށެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.