ނިއުމާ ޓިކްޓޮކްގައި އެކްްޓިވް ވެގެން އުޅެނީ ކީއްވެ؟

ޓިކްޓޮކް އެކައުންޓާއެކު ތަފާތު ވީޑިއޯތައް ފެންނާތޯ ކުރެވޭ ސުވާލަށް ވެސް އޭނާ ޖަވާބު ދިނެވެ. ބުނީ މާ ބޮޑަށް ވީޑިއޯ ހަދަން ނުވިސްނަ އެވެ.

ނިއުމާ މުހައްމަދު: ޓިކްޓޮކް އެކައުންޓެއް ހެދި ސަބަބު ސާފުކޮށް ދިން

މި ދުވަސްކޮޅަކީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު ޓިކްޓޮކް ގައި ވަރަށް އެކްޓިވް ދުވަސްކޮޅެކެވެ. ވަރަށް ގިނަ ބަޔަކު އެ ވާހަކަ ދައްކަ އެވެ. ނިއުމާ، ޓިކްޓޮކްގައި އެހާ އެކްޓިވް ވެގެން އުޅެނީ ކީއްވެ ހެއްޔެވެ. ޓިކްޓޮކް ސްޓާރަކަށް ވާން ގަސްތު ކުރަނީ ހެއްޔެވެ. ނޫނީ ފިލްމީ މަސައްކަތް ދޫކޮށް ނިއުމާގެ އެންޓަޓައިމަންޓް ދެން އޮތީ ޓިކްޓޮކް ޕްލެޓްފޯމްގައި ހެއްޔެވެ.

އެ ސުވާލު ކުރާ މީހުން ގިނަކަން އެނގޭތީ ނިއުމާ މިހާރު ވަނީ އެ ސުވާލަށް ޖަވާބު ދީފައެވެ. ނިއުމާ ބުނި ގޮތުގައި ޓިކްޓޮކް އެކައުންޓެއް ހެދީ މުހިންމު ވަަރަށް ބޮޑު ބޭނުމެއް އޮވެގެނެވެ. އެއީ އޭނާގެ އާ ފިލްމް ޕްރޮމޯޓް ކުރުމެވެ. އެއީ ފިލްމް "ކަޅަކި" އެވެ.

ނިއުމާ ބުނި ގޮތުގައި އޭނާ އުފައްދާ މި ފިލްމް ޕްރޮމޯޓް ކުރުމުގެ ބޭނުމުގައި ޓިކްޓޮކް އެކައުންޓެއް ހެދީ ޓިކްޓޮކްގައި ވެސް ފަންނާނުންނަށް ލޯބިކުރާ ވަރަށް ގިނަ ބަޔަކު އެ ޕްލެޓްފޯމްގައި އުޅޭތީ އެވެ. ބޭނުމަކީ ފިލްމުގެ މައުލޫމާތު ގިނަ ބަަޔަކު ފޯރުކޮށް ދިނުމެވެ.

"މި ޓިކްޓޮކް އެކައުންޓް ހާއްސަކޮށް މި ހެދީ އަޅުގަނޑުގެ އަމިއްލަ ފިލްމް 'ކަޅަކި' ފިލްމް ޕްރޮމޯޓް ކުުރުމުގެ ގޮތުން،"

ނިއުމާ ބުނި ގޮތުން "ކަޅަކި" ފިލްމަކީ ބިރުވެރި ފިލްމު ބަލާ ހިތްވާ މީހުނަށް ވަރަށް ކަމުދާނެ ފިލްމެކެވެ. 

ޓިކްޓޮކް އެކައުންޓާއެކު ތަފާތު ވީޑިއޯތައް ފެންނާތޯ ކުރެވޭ ސުވާލަށް ވެސް އޭނާ ޖަވާބު ދިނެވެ. ބުނީ މާ ބޮޑަށް ވީޑިއޯ ހަދަން ނުވިސްނާ ކަމަށެވެ. ނަމަވެސް ސަޕޯޓަރުން އެދޭނަމަ ރިކްއެސްޓް ކުރާ ވީޑިއޯތައް ހެދޭތޯ މަސައްކަތް ކުރާނެ އެވެ. ބޮޑަށް އިސްކަން ދޭނީ އެކައުންޓް ހެދި ސަބަބު، "ކަޅަކި" ޕްރޮމޯޓް ކުރުމަށެވެ.

ކޮމެންޓް

1
450
ނިއުމާ ފޭން
9 months ago

ތި ފިލްމު ބަލާހިތުން ކެއްމަދުވެފަ. އަވަހަށް އަޅުވަބާ..

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.