ހުތުރު ލަގަބުތަކުން ގޮވުން ވަނީ ނަހީ ކުރައްވާފައި: މައުމޫން

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއުމިން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބުތަކުން ގޮވުން މާތްﷲ ވަނީ ނަހީ ކުރައްވާފައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- މި

މުއުމިން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބުތަކުން ގޮވުން މާތްﷲ ވަނީ ނަހީ ކުރައްވާފައި ކަމަށް ކުރީގެ ރައީސް / ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި ކުރީގެ ރައީސުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވާދަވެރީން އަމާޒު ކުރާ ހުތުރު ނަންތައް ކިޔުމަށް ހިތްވަރު ދެއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިއްޔެ ޖަަލްސާގައި ވާހަކަ ދެއްކެވުމުންނެެވެ.

އެ ވާހަކަތަކަށް އިޝާރާތް ވާ ގޮތަށް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއުމިން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބުތަކުން ގޮވުން މާތްﷲ ވަނީ ނަހީ ކުރައްވާފައި ކަމަށެވެ. އެމަނިކުފާނު ވަނީ އަލް ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

ނަސްފުތަކަށް ޣީބަ ނުކިޔާށެވެ! [އެބަހީ: އެކަކު އަނެކަކަށް ޣީބަ ނުކިޔާށެވެ!] އަދި އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަގަބުތަކުން ނުގޮވާށެވެ. އީމާންވުމަށް ފަހު ފާސިގު ވުމުގެ ނަން ލިބުމަކީ ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި [އެކަންތަކުން] ތައުބާ ނުވި މީހާ [ދަންނާށެވެ!] ފަހެ އެއުރެންނީ ހަމަ އަނިޔާވެރިންނެވެ.

އަލް ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުގެ މާނަ

ރައީސް ނަޝީދު އިއްޔެ ވިދާޅިވި ގޮތުގައި އެ މަނިކުފާނު ހަނދާން ކޮށްދޭނަން ބޭނުންވެ ވަޑައިގަންނަވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރަށް "ކަރުކުރު ބައިސާ" އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް "ގޮޅާބޯ" އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް "ގަންޖާބޯ" އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް "ބާޣީ ވަހީދު" އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ރާނގޮނޑި ރާޖާ"، އެ ނަންތައް ރައްޔިތުންގެ މަޖިލީހުގަ އާއި އަދި ރާއްޖޭގެ އެހެން އެތައް ތަނެއްގައި އެކި ގޮތް ގޮތަށް ކިޔާ ގޮވާ ހަދާފައިވާ ކަމަށާއި ގޮވަމުން ގެންދާ ކަމަށެވެ.

އަދި އިތުރަށް ވިދާޅުވި އެވެ:

"މިއަދު 'ޗޯރު އިބުރޭ' ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރު ކޮށްފިނަމަ އެއީ އަޅުގަނޑު ދަންނަވަނީ އެއީ ޑިމޮކްރެސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.