މިޔަރު އައިނެއްގެ ތެރޭ އައްޒަ ހަމަޖެހިލައިގެން

މިޔަރަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދިރުމެކެވެ. އެކަމަކު މީހުނަށް މިޔަރު ހަމަލާ ދިނުން ރާއްޖޭގައި ވެސް މިހާރު ގިނަ އެވެ.

ފިލްމީ ބަތަލާ މަރިޔަމް އައްޒަ މިޔަރު ބައިގަނޑެއްގެ ތެރެއަށް ފުންމާލައި މިޔަރުތަކާއެކު ވަގުތު ހޭދަކޮށްފި އެވެ

"ޝާކް ޑޭ ވެރީ ވެލް ސްޕެންޓް"  މި ކެޕްޝަން، "މިޔަރުތަކާއެކު ރަނގަޅު ދުވަހެއް ހޭދަ ކުރެވިޖެ" ކަމަށް ބުނަމުން އައްޒަ ޝެއާކުރި ވީޑިއޯ ގައި އޭނާ މިޔަރު ބައިގަނޑެއްގެ ތެރޭގައި އޮންނަ ތަނާއި އެކުގައި ފީނާ ފަތާ ހަދާ މަންޒަރު ހިމެނެ އެވެ. އެ ވީޑިއޯ އައްޒަ ހިއްސާ ކޮށްފައި ވަނީ އޭނާގެ އިންސްޓަރާމްގައި އިއްޔެ އެވެ. 

އެ ވީޑިއޯއެއްގައި ފެންނަ ގޮތުން އައްޒަ އެރި އޮންނަނީ ބޮނޑިއަކަށް އޮންނަ ބައިވަރު މިޔަރުތަކެއްގެ ތެރޭގަ އެވެ. 
އެކަމަކު އައްޒަ އެ މިޔަރުތަކުގެ ތެރެއަށް ފައިބާ ވީޑިއޯ ނަގާފައި ވަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ނުބުނެ އެވެ. އާންމުކޮށް ހުރިހާ ރިސޯޓެއްގެ ފަޅުތެރޭގައި ވެސް ކާންދީ އޮޅުކޮށްފައިވާ މިޔަރު ބައިގަނޑެއް އުޅެ އެވެ. 

ރާއްޖޭގައި މިހާރު އެންމެ މަގުބޫލު ފިލްމީ ބަތޮލާ މިޔަރު އައިނެއްގެ ތެރޭގައި ފަތާ މަންޒަރު ފެންނަ ވިޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު ގިނަ ބަޔަކު ކޮމެންޓްވެސް ކޮށްފައި ވެއެވެ. 

މިޔަރަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދިރުމެކެވެ. އެކަމަކު މީހުނަށް މިޔަރު ހަމަލާ ދިނުން ރާއްޖޭގައި ވެސް މިހާރު ގިނަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.