"ހުކުރު ދުވަހު ކުރަން ރާވާފައި އޮތީ ބާޣާވާތެއް"

އެއްވުން ބޭއްވަނީ ހުކުރު ދުވަހުގެރޭ 8:30 ގައި މާލޭގެ އަލިމަސް ކާނިވަލުގަ އެވެ. މި މައްސަކަތުގެ އިއްތިހާދުގައި ސަރުކާރަށް ތާއީދުކުރާ ޕާޓީތައް ފިޔަވާ އެހެން ސިޔާސީ ޕާޓީތަކެއް ބައިވެރިވެ އެވެ.

މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ

ޗާގޯސްގެ މައްސަލާގައި އަންނަ ހުކުރު ދުވަހު އިދި ކޮޅުން އިސްވެ އުފައްދާފައިވާ ގުޅުމަކުން ބާއްވާ އެއްވުމަކީ ބަޣާވާތެއް ގެނައުމުގެ އެއްވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ތުހުމަތު ކުރައްވައިފި އެވެ.

ހުކުރު ދުވަހު ބާއްވަނީ އިހުތިޖާޖު ކުރުމުގެ އެއްވުމެކެވެ. "ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" މި ނަމުގައި މި ބޮޑު އެއްވުން ބާއްވަނީ އިދިކޮޅު ޕީޕީއެމުން އިސްވެ އުފައްދައިގެން އުޅޭ، ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދަކުންނެވެ. 

އެއްވުން ބޭއްވަނީ ހުކުރު ދުވަހުގެރޭ 8:30 ގައި މާލޭގެ އަލިމަސް ކާނިވަލުގަ އެވެ. މި މައްސަކަތުގެ އިއްތިހާދުގައި ސަރުކާރަށް ތާއީދުކުރާ ޕާޓީތައް ފިޔަވާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރި ވެއެވެ.

މެންބަރު ރާއީ މިއަދު މަޖިލީހުގެ ބަހުސެއްގެ ތެރޭގައި ވިދާޅުވީ ޖޫން ދޭއްގައި ކުރަން އުޅެނީ ބަޣާވާތެއް ކަމަށާއި އެ ބަޣާވާތް ކުރަނީ ޗާގޯސް މައްސަލައިގެތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅުފެ އެ އެއްވުމުގައި އެއްވެސް ރައްޔިތަކު ބައިވެރި ވެގެން ނުވާނެ ކަމަށާއި ރައްޔިތަކު އަމިއްލައަށް ކުށެއްގެ ތެރެއަށް ނުދާން ވެސް އޭނާ އެދިވަޑައިގަތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.