"ދަސްވާރު" ހިންގީ އުސޫލާ ހިލާފަށް: މިނިސްޓަރު

އެކަމަނާ އަދި ވިދާޅުވީ "ދަސްވާރު" ގައި ކިޔަވައިދެއްވާ އިންސްޓްރަކްޓަރުން ވާން ޖެހޭނީ ކޮލިފައިޑް ބޭފުޅުންނަށް ކަމަށާއި ކަމަކަށް ކަމެއް ކުރާގޮތަށް ކޮންމެކޮންމެ މީހަކު ލައްވާ ކިޔަވައިދީގެން ސެޓްފިކެޓް ދެވޭނެ އުސޫލެއް ނޯންނަ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ: "ދަސްވާރު" ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި

ސްކޫލްތަކުގައި ކުރިން ކުރިއަށް ގެންދިޔަ "ދަސްވާރު" ޕްރޮގްރާމް ހިންގީ އުސޫލުތަކާ ހިލާފަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅު ވެއްޖެ އެވެ. "ދަސްވާރު" ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

އެ ޕްރޮގްރާމް ހުއްޓާލީ ކީއްވެގެންތޯ ރައްޔިތުންގެ މަޖިލީހުގައި މިއަދު ސުވާލު ކުރެއްވީ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.  

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަޖިލީހުގައި ހުންނަވައި މިއަދު ވިދާޅުވި މި ސަރުކާރު ވެރިކަމާ ހަވާލުވެ "ދަސްވާރު" ޕްރޮގްރާމުގެ ސެޓްފިކެޓް ހަދާ ނިންމާފައި ތިބި ކުދިންނަށް ސެޓްފިކެޓް ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްނުވި ކަމަށާއި އެ ޕްރޮގްރާމް ހިންގާފައި ވަނީ އުސޫލާ ހިލާފަށް ކަމަށެވެ. އަދި އެ ޕްރޮގްރާމް ހުއްޓާލީ އެގޮތަށް ކުރިއަށް ނުގެންދެވޭނެތީ ކަމަށެވެ.

"[ސެޓްފިކެޓް ދޭން އެއްބަސް ނުވީ] އެއީ އުސޫލުތަކާ ހިލާފަށް އެކަން ގެންގޮސްފައި އޮތުމުން،" މިނިސްޓަރު ވިދާޅުވި އެވެ.  

އެކަމަނާ އަދި ވިދާޅުވީ "ދަސްވާރު" ގައި ކިޔަވައިދެއްވާ އިންސްޓްރަކްޓަރުން ވާން ޖެހޭނީ ކޮލިފައިޑް ބޭފުޅުންނަށް ކަމަށާއި  ކަމަކަށް ކަމެއް ކުރާގޮތަށް ކޮންމެކޮންމެ މީހަކު ލައްވާ ކިޔަވައިދީގެން ސެޓްފިކެޓް ދެވޭނެ އުސޫލެއް ނޯންނަ ކަމަށެވެ. 

މިނިސްޓަރު މިއަދު ވިދާޅުވީ މިހާރު ކުރިޔަށް ގެންދަނީ "ދަސްވާރު" ކަހަލަ ޕްރޮގްރާމެއް ނޫން ކަމަށާއި މިހާރު ކަން ކުރާ ގޮތަކީ ހުރިހާ ކުދިންނަށް ފައުންޑޭޝަން ސްޓޭޖުން ފެށިގެން 10 އަކާ ހަމައަށް ދަންދެން މަސައްކަތްތެރިކަމުގެ ކޯހެއް ކިޔަވައި ދެނީ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.