އައްޑޫ އެއާޕޯޓް ކުންފުނީގެ ބޯޑަށް އައްޑޫ ޝަޒްރާ

ޝަޒްރާ މަތީތައުލީމް ހާސިލް ކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން. ވިޔަފާރީގެ އެކި ކުންފުނިތަކުގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވޭ

ޕީސީބީން އޭއައިއޭގެ ބޯޑަށް ޝަޒްރާ އައްޔަންކޮށް ލިޔުން ހަވާލު ކުރަނީ -- ޕީސީބީ

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޑުއަށް އުފަން ޝަޒްރާ ޝާކިރު އައްޔަން ކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނި ގޮތުގައި ސ. ފޭދޫ / މޫންލައިޓް ޝަޒްރާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ ބޯޑަަށް އައްޔަން ކޮށްފައިވާ ކަމަށެވެ. 

ޝަޒްރާގެ ތައާރަފެއް - ޝަޒްރާއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކްގެ އެޗްއާރް ރެޕްރެޒެެންޓޭޓިވްގެ މަގާމާމު ވެސް ފުރުއްވާފަ އެވެ. މީގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ އެޑްމިނިސްޓްރޭޝަން މެނޭޖަރުކަން ވެސް ކުރެއްވި އެވެ. އޭނާ މިހާރު ހުންނެވީ އެފްޖޭއެސް ކޮންސަލްޓިންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރުގެ ގޮތުގަ އެވެ.

އައްޑޫ އެއާޕޯޓް ކުންފުންޏަކީ ސ. ގަމުގައި ހުންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން 2011 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ އެއާޕޯޓަކީ 50 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެވެ. މީގެ އިތުރުން މި ކުންފުނީގައި ހިމެނެނީ މަޝްހޫރު ޓޫރިޒަމް ކުންފުނި ކާސާ ހޯލްޑިންގްސްގެ 30 ޕަސެންޓް ހިއްސާ އާއި އެމްއޭސީއެލް އަދި ސަރުކާރުގެ ބޮޑު ކުންފުނި އެސްޓީއޯގެ 10 ޕަސެންޓް ހިއްސާ އެވެ. 

ކޮމެންޓް

1
450
ކަނބޯ
10 months ago

މަރުހަބާ ޝަޒް. ސޯ ޕްރައްޑް އޮފް ޔޫ

ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.