އިޓަލީގައި ބޯޓެއް ބަންޑުން ޖަހާލައި ހަތަރު މީހަކު މަރުވެއްޖެ

މި ހާދިސާ ހިނގި އިރު މި މަހުގެ ކުރީކޮޅުވެސް މޫސުން ގޯސް ވެގެން ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 15 މީހުން ވަނީ މަރުވެފައި ވެއެވެ.

ބަންޑުން ޖަހަލައި ބޯޓުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ދަނީ

އިޓަލީގެ ލޮމްބަޑިޔާ ސަރަހައްދުގައި ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ބަންޑުންޖަހައިލާ ހަތަރު މީހުން މަރުވެއްޖެ އެވެ. މޫސުން ގޯސްވެ ބޯޓު ބަނޑުންޖަހައިލުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޯރުގެ ތެރެއަށް ވެއްޓިފަ އެވެ. 

ބަންޑުން ޖަހައިލި ބޯޓުން ބައެއް މީހުން އަމިއްލައަށް ފަތާފައި ގޮސް ސަލާމަތްވި ނަމަވެސް ބައެއް މީހުން ވަނީ ގެއްލިފަ އެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރާއި ޑައިވަރުންނާއެކު ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ. 

ބޯޓު ބަންޑުން ޖަހާލައިގެން މަރުވި ހަތަރު މީހުންގެ ތެރެއިން ދެ މީހަކީ އިޓަލީ ޖާސޫސީ ދެ އޮފިޝަލެކެވެ. އަނެއް މިހާއަކީ އިޒްރޭލުގެ އަންހެނެކެއެވެ.  

ބޯޓު ބަންޑު ޖަހައިލި ލޭކް މަޖޯރޭއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ފެންގަނޑަކެވެ.

މި ހާދިސާ ހިނގި އިރު މި މަހުގެ ކުރީކޮޅުވެސް މޫސުން ގޯސް ވެގެން ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 15 މީހުން ވަނީ މަރުވެފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.