ހަރަދު އިތުރުވުން - ސަބްސިޑީއަށް 400 އާސަންދައަށް 180 މިލިއަން

މި އަހަރު ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ވަނީ ހޭދަކޮށްފަ އެވެ. އަދި އާސަންދައަށް 630.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އާސަންދައިގެ ހިދުމަތް ދޭ ތަނެއް : ހިލޭ ބޭސްފަރުވާއަށް ބޮޑު ހޭދައެއް ކުރަން ޖެހޭ

މި އަހަރުގެ ވޭތުވެދިޔަ ތިން މަހު ސަބްސިޑީއަށް ކުރި ހަރަދު 400 މިލިއަން އަދި އާސަންދައިގެ ހަރަދަށް 180 މިލިއަން ރުފިޔާއާއެކު މިދިޔަ އަހަރަށް ވުރެ ހަރަދު އިތުރު ވެއްޖެ އެވެ. 

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ޖެނުއަރީން މާރިޗު މަހުގެ ނިޔަލަށް އާސަންދައަށް 630.7 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު އާސަންދައިގެ ހަރަދު ހުރީ 448.7 މިލިއަން ރުފިޔާގަ އެވެ. އެހެންވެ މި އަހަރު އާސަންދައިގެ ހޭދަ ވަނީ 180 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. 

އާސަންދައިގެ އިތުރުން ސަބްސިޑީ އަށް މި އަހަރުގެ ވޭތުވެދިޔަ ތިން މަހު 1,199.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ސަބްސިޑީގެ ހޭދައުޅެނީ 788.8 މިލިއަން ރުފިިޔާގަ އެވެ. އެހެންވެ މިއީ 400 މިލިއަން ރުފިޔާގެ ހޭދަ އެކެވެ. 

މާޗް މަހު އާސަންދަ / ސަބްސިޑީގެ ހޭދަ

  • 1.އާސަންދައިގެ ހޭދަ: (2022 މާރިޗު : 190.4 މިލިއަން ، 2022 މާރިޗު : 165.5)
  • 2.ސަބްސިޑީގެ ހޭދަ: (2022 މާރިޗު : 339.4 މިލިއަން ، 2022 މާރިޗު : 420.4)

ރާއްޖެއަކީ ހިލޭ ބޭސް ފަރުވާގެ ނިޒާމެއް އޮތް ގައުމެވެ. އަދި ރާއްޖޭގެ ބޭސް ފަރުވާގެ ނިޒާމު އޮތްގޮތުން އެންމެ ބޮޑު ހޭދައެއް ކުރަނީ އާސަންދާގައި ހިމެނޭ ބޭހުގެ އަގަށެވެ. އަދި ސަބްސިޑީގެ ބޮޑު ބައެއް ހޭދަ ކުރަން ޖެހެނީ ތެލަށެވެ. މީގެ އިތުރުންވެސް ހިލޭ ގިނަ ހިދުމަތް ދިނުމަށް ސަބްސިޑީ ދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.