ބޭންކު ކަސްޓަމަރުންގެ ޖަމާ މައްޗަށް - އަލަށް 4.3 ބިލިއަނުގެ ލޯނު

ބޭންކްއަށް މިދިޔަ އަހަރު އަލަށް 25،000 ކަސްޓަމަރުން އިތުރުވެފައިވެ އެވެ. އަދި ބޭންކިން ވަނީ ރާއްޖޭގެ މާކެޓުގެ 55 ޕަސެންޓަށްވުރެ ބޮޑު ހިއްސާއެއް ނަގާފަ އެވެ.

ބޭންކުގެ އޭޖީއެމް: ގިނަ ދާއިރާތަކުން ވަނީ މިދިޔަ އަހަރު ކުރިއެރުން ހޯދާފައި

ބޭންކްއެއްގެ ކުރިއެރުން ދައްކުވައިދޭ އެއް މިންގަނޑަކީ އެ ބޭންކްއަކަށް ކަސްޓަމަރުން ކުރާ އިތުބާރެވެ. މި އިތުބާރު ފެންނަ މިންގަނޑަކީ އެ ބޭންކްއެއްގައި ފައިސާ ރައްކާކުރާ މިންވަރު މަތިވުމެވެ. މި މިންގަނޑުން ބަލާ ނަމަ މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ގްރާފް ދައްކާ ގޮތުން މިދިޔަ އަހަރު ކަސްޓަމަރުންގެ ޖަމާ ހަތް ޕަސެންޓް އިތުރުވެފައި ވެއެވެ. ނަތީޖާއަކީ މިދިޔަ އަހަރު ދޫކުރި ލޯނުގެ މިންވަރު 4.3 ބިލިއަން ރުފިޔާ ފަހަނަ އަޅާފައިވުމެވެ. 

ބީއެމްއެލް އަށް މިދިޔަ އަހަރު އަލަށް 1.9 ބިލިއަން ރުފިޔާ ޑިޕޮސިޓްކުރި އެވެ. ޑިޕޮސިޓް ހަތް ޕަސެންޓް އިތުރުވެ އިތުރުވެ ވިޔަފާރި ސެގްމަންޓުގެ ޖަމާވަނީ 29.2 ބިލިޔަނަށް އަރާފަ އެވެ.  މިބައިގައި ހިމެނެނީ ރީޓޭލް އާއި ކޯޕަރޭޓް އަދި (ބީއެމްއެލް އިސްލާމިކް) ގެ ހިއްސާއާއި އެކުގަ އެވެ. 

ބޭންކުން ވަނީ ބޭންކިން މާކެޓުގެ 55 ޕަސެންޓަށްވުރެ ބޮޑު ހިއްސާއެއް ވެސް ނަގާފަ އެވެ. މިދިޔަ އަހަރު އަހަރު ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދު ވަނީ 4.3 ބިލިއަން ރުފިޔާ އަށް އިތުރުވެފަ ދިން ލޯނުގެ ނިސްބަތް ވަނީ ނުވަ ޕަސެންޓް އުފުލިފަ އެވެ. 

ބޭންކް ޑިޕޮސިޓް އިތުރުވި ދާއިރާތައް

  •  ކާސާ ޑިޕޮސިޓް ކަވަރު ޖުމްލަ ޑިޕޮސިޓްތަކުގެ % 90 މަތި
  •  ޑޮލަރުގެ ޑިޕޮސިޓްތައް ޖުމްލަ ޑިޕޮސިޓްގެ % 46 އަށްވުރެ މަތި
  •  ލޯން ޓު ޑިޕޮސިޓް ރޭޝިއޯ % 60 ގައި

އުފެދުންތެރި ނޫން ލޯނު ދަށަށް

ރާއްޖޭގައި އެންމެ ފުޅާކޮށް ބޭންކިން ވިޔަފާރި ކުރާ ބޭންކް އޮފް މޯލްޑިވްސްގެ މަރުކަޒެއްގައި މީހަކު ހިދުމަތް ހޯދަނ -- ބީއެމްއެލް

މިދިޔަ އަހަރު ބޭންކުން ރިސޯޓްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ބޮޑު ބައެއް މުރާޖައާކޮށް އުފެއްދުންތެރި ހާލަތަކަށް ބަދަލު ކޮށްފައިވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ގެއްލުންތަކުގެ ބޮޑު ބައެއް ވަނީ ފޫބެދިފަ އެވެ. މިގޮތުން 2021 ވަނަ އަހަރާ އަޅާބަލާއިރު ސްޓޭޖް ތިނެއްގެ ލޯނުތަކުގެ ހަރަދަށް ބެލެހެއްޓި މިންވަރު ވަނީ 28 ޕަސެންޓް ދަށް ކުރެވިފަ އެވެ. ނަމަވެސް ބޭންކުން ރާއްޖޭން ބޭރުގެ ބޮންޑަކަށް ޕްރޮވިޒަން ހަދަންޖެހުން ވެގެންދިޔައީ މި އަހަރުގެ ޕްރޮވިޒަން ޗާޖުގެ މައިގަނޑު ސަބަބަށެވެ. 

މިދިޔަ އަހަރު ނިމުނުއިރު ހުރި އުފެއްދުންތެރި ނޫން ލޯނުތަކުގެ މިންވަރަކީ (ސަސްޕެންޝަންގައި ހުރި އިންޓަރެސްޓް ކެނޑުމަށްފަހު) ހުރީ 216 މިލިއަން ރުފިޔާ އެވެ. މިއީ ވޭތުވެދިޔަ އަހަރާއި އަޅާ ބަލާއިރު 208 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އަދި މިއީ އުފެއްދުންތެރިނޫން ލޯނު ނުވައެއް ސްޓޭޖް ތިން ގެ ލޯނުގެ މިންވަރު ހުރީ 1.6 ބިލިއަން ރުފިޔާގަ އެވެ. މީގެން އެނގެނީ އުފެއްދުންތެރި ނޫން ލޯނުތައް އަލަށް އިތުރުނުވުމުމާއި ކޮވިޑް 19 އަށް ފަހު ރިސްޓްރަކްޗަކޮށް ހާލަތު ރަނގަޅު ކުރެވުނު ލޯނުތަކުގެ ސަބަބުން ގެނެވުނު 1.3 ބިލިއަން ރުފިޔާގެ ދައްކާފައި ވުމެވެ.

މިދިޔަ އަހަރާ ހަމައަށް ބަލާއިރު ކެޕިޓަލައިޒޭޝަން ވަރުގަދަވެ، ޖުމްލަ ރައުސްމާލުގެ ފުދުންތެރިކަން ހުންނަން ޖެހޭ މިންވަރު 45 ޕަސެންޓުގައި ގައި ހުރިއިރ،ު މިއީ ބޭންކިން ގަވާއިދުގައި ރައުސުލްމާލު ހުރުން ލާޒިމް ކުރާ އަދަށްވުރެ ބޮޑުތަން މަތީ އަދަދެކެެވ. ރުފިޔާއަށް ޔޫއެސް ޑޮލަރު ފޯރުކޮށްދިނުމުގައި ބޭންކަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް ރުފިޔާ އާއި ޔޫއެސް ޑޮލަރުގެ ލިކުއިޑިޓީ ވެސް ވަރުގަދަކޮށް ރަނގަޅު މިންވަރެއްގައި ވަނީ ހިފަހައްޓާފަ އެވެ. 

ބޭންކުގެ ތަޖުރިބާކާރު ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވެފައިވާ ގޮތުގައި ބީއެމްއެލް ރާއްޖޭގެ މާކެޓުގައި ފުޅާވުމުން އެތެރޭގެ އިގްތިސޯދުގެ ދުޅަހެޔޮކަން ބޭންކްއާ ގުޅިފައިވާ ކަމަށެވެ. 

"2023 [މި އަހަރު] އަހަރު ރާއްޖޭގެ ޖީޑީޕީ މަތިވާނެ ކަމަށް ލަފާކުރެވިފައިވީ ނަމަވެސް އެތެރެކުރެވޭ މުދަލުގެ އަގުބޮޑުވަމުން
ދިއުމުގެ ސަބަބުން ރާއްޖޭގެ ޑިސްޕޯސަބަލް އާމްދަނީ އަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު އަޅުގަނޑުމެން ހުޝިޔާރުވެ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެމީހުންގެ މާލީ ވާޖިބުތައް އަދާކުރެވޭނެކަން ކަށަވަރުކުރުމުގައި އަޅުގަނޑުމެން ޒިންމާދާރު ކަމާއެކު އަމަލުކުރަން ޖެހޭ،"  ކާލް ވިދާޅުވި އެވެ. 

ކޮމިއުނިޓީ ފަންޑުން ހަ މިލިއަންގެ ހިދުމަތެއް

ށ. މާއުނގޫދޫގެ މަގެއް: ބީއެމްއެލް ކޮމިއުނިޓީ ފަނޑުގެ އެހީގައި މިރަށުގެ މަގުބައްތިތައް ސޯލާއަށް ބަދަލު ކުރި -- ބީއެމްއެލް

ބީއެމްއެލް އިން ހިންގާ ކޮމިއުނިޓީ ފަންޑަކީ މުޖުތަމައުތަކަށް ހެޔޮ ބަދަލު ގެނައުމުގެ މުހިންމު ބާރެއްގެ ގޮތުގައި ބެލެވޭ ކާމިޔާބު މަަޝްރޫއެކެވެ. މިހާތަނަށް މި ފަންޑުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށް 80 އަށް ވުރެ ގިނަ ރަށްތަކަށް އެހީތެރިވެފައި ވެއެވެ. 

މުޖުތަމައުތަކާއި ތަރައްގީއާ ގުޅުންހުރި ދާއިރާތަކުން ފެށިގެން ތިމާވެށީގެ މަޝްރޫއުތަކާ އިޖުތިމާއީ ކަންކަމަށް ބޭނުންވާ ސަރަހައްދުތައް މަރާމާތުކުރުމާ ތައުލީމީ މަޝްރޫއުތަކާ ހަމައަށް މި ފަންޑަކީ ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކުން އެމީހުންގެ މުޖުތަމައުތަކަށް ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށް ދިނުމުގައި މަޤުބޫލު ވަސީލަތަކަށް ވަނީ ވެފަ އެވެ. 

ރާއްޖޭގެ އެންމެ ބިޔަ ނެޓްވޯކް

ރަސްދޫގައި އޭޓީއެމްގެ ހިދުމަތް ބޭނުން ކުރަނީ: ރަށަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް -- ބީއެމްއެެލް
  •  ބޭންކުގެ 38 ބްރާންޗް
  •  139 އޭޓީއެމް މެޝިން
  •  7.900 މާޗެންޓުން
  •  70،061 ޕީއޯއެސް މެޝިން
  •  މުވައްޒަފުންނާއި ޓެކްނޮނޮޖީއަށް 685 މިލިއަން ރުފިޔާގެ ހަރަދު

ހުރިހާ ފައިދާއެއް ހިއްސާދާރުންނަށް ފައިދާ

ބޭންކުން 2021  ވަނަ އަހަރު 70 މިލިއަން ރުފިޔާގެ އިންޓަރިމް ޑިވިޑެންޑެއް ދީ 2020 ވަނަ އަހަރު ޑިވިޑެންޑުން ދަށްވި ބައި ހިއްސާދާރުންނަށް އަނބުރާ ދިނެވެ. އަދި މިދިޔަ އަހަރު އަހަރު ނިމުނުއިރު ބޭންކުން ދޫކޮށް އަދި އަގު އަދާކޮށްފައިވާ މޫނުމަތީ އަގު 50 ރުފިޔާގެ ޖުމްލަ 5,381,920 ހިއްސާ އެވެ. މި ކުރިއެރުމާއެކު ހިއްސާދާރުންގެ ވޯޓުން ރޭ ވަނީ މިދިޔަ އަހަރުގެ ފައިދާއިން  ހިއްސާއަކަށް 40 ރުފިޔާ ދޭން ނިންމާފަ އެވެ. މީގައި ހިމެނެނީ އިންޓަރިމް ޑިވިޑެންޑު ގެގޮތުގައި ހިއްސާއަކަށް 20 ރުފިޔާ އަދި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ހިއްސާ އަކަށް 20 ރުފިޔާ އެވެ. 

ބީއެމްއެލްގެ މާލީ ހާލަތު - މިދިޔަ އަހަރު ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި 1.63 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ނިމުނުއިރު ބީއެމްއެލްގެ ޑިޕޮސިޓް ވަނީ 29.2 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. ޖުމްލަ އެސެޓުގެ މިންވަރު 41 ބިލިއަން ރުފިޔާގައި ހުރިއިރު ރައުސުލްމާލުގެ ފުދުންތެރިކަން ހުރި 45 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 4.3 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ. މިދިޔަ އަހަރު ބޭންކްއަށް އަލަަށް 25,000 ކަސްޓަމަރުން ގުޅިފައިވެ އެވެ. އަދި އޭޓީއެމްތަކުން ދުވާލެއްގެ މައްޗަށް 39,000 ޓްރާންސްސެކްޝަން ހެދިއިރު މިދިޔަ އަހަރު ޕީއޯއެސްތަކުން 40 މިލިއަން ރުފިޔާގެ މުއާމަލާތްކޮށް އިންޓަނެޓު ބޭންކިންއިން 85 މިލިއަން ރުފިޔާއަށްވުރެ ގިނަ ޓްރާންސެކްޝަން ހަދާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.