އެޗްއާރުއައިއިން ބަހްރޭނުގެ އެންމެ ބޮޑު ބޯޓު ބިލްޑިން ކުންފުނި ރާއްޖެއަށް

ބަހްރެއިންގެ އަލް ދާއިން ބޯޓްސް އަކީ ބަހްރައިނުގެ ސޮވެރިން ވެލްތު ފަންޑުން ހިންގާ ކުންފުންޏެކެވެ. މިއީ މެދުއިރުމަތީގައިވެސް މަޝްހޫރު އެއް ބޯޓު ބިލްޑިން ކުންފުންޏެވެ.

ރާއްޖޭގެ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓްސް އަދި ބަހްރައިނުގެ އަލްދާއިންގެ މެދުގައި އެއްބަސްވުމުގައި ސޮއި ކުރަނީ

ރާއްޖޭގައި ބޯޓު ބަންނަ ޔާޑެއް ހަދައި އުޅަނދުފަހަރު ނެރޭނެ 

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް (އެޗްއާރުއައި) އާއި، ބަހްރައިންގެ އަލް ދާއިން ބޯޓްސް ގުޅިގެން ރާއްޖޭގައި އުޅަނދު ބަނުމުގެ މަސައްކަތް ފަށަން އެއްބަސްވެ ސޮއިކޮށްފި އެވެ. 

ހޮޓެލް ޖެންގައި ރޭ  އޮތް ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓުގެ ވައިސް ޗެއާ އަދި މެނޭޖިން ޑިރެކްޓަރު ނޫރެއިން ޖަނާހު އެވެ. އަދި އަލް ދާއިންގެ ފަރާތުން ސޮއި ކުރެއްވީ ސޭލްސް ޑިރެކްޓަރު ސަހްބީ ނަގާތީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަހްބީ ވިދާޅުވީ އެ ކުންފުންޏަކީ އެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށެވެ. އަދި ހުރިހާ ވައްތަރެއްގެ ބޯޓެއް ބަނުމުގެ ތަޖުރިބާ އެ ކުންފުނީގައި ހުރިކަން އޭނާ ފާހަގަކުރި އެވެ.

ހޮޓެލްސް އެންޑް ރިސޯޓްސްގެ ވައިސް ޗެއާ އަދި މެނޭޖިން ޑިރެކްޓަރު ނޫރެއިން ވާހަކަ ދައްކަވަނީ -- ހައިރައިޒް

އޭނާ ވިދާޅުވީ ރާއްޖެއަކީ އަބަދު ވެސް އެ ކުންފުނިން ވަނުމަށް ޝައުގުވެރިކަން ހުރި މާކެޓެއް ކަމަށެވެ. އަދި ހޮޓެލްސް އެންޑް ރިސޯޓްސްއަކީ އެކަމަށް އެންމެ އެކަށޭނަ ޕާޓްނަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަނާހުގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން ދިޔުމާއެކު، ބޮޑެތި ބޯޓުތައް ބަނުމުގެ ބޭނުން އިތުރުވަމުންދާ ކަމަށެވެ. އެހެން ކަމުން އެ ޑިމާންޑަށް ކޭޓާ ކުރުމުގައި އަލް ދާއިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ.

"ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ބޯޓް ބިލްޑިން ފެކްޓަރީއެއް ގާއިމު ކުރުމަށް ވަނީ ޕްލޭންކުރެވިފައި. އެއަށްފަހު، ކުރިއަށް އޮތް އަހަރު ދުވަސް ތެރޭގައި ނުވަތަ އެއަށް ވުރެ ވެސް އަވަހަށް... އަޅުގަނޑުމެންގެ އެއްބަސްވުމުގައި ވާގޮތުން ހިންގުމުގެ ދެވަނަ އަހަރު ނިމުމުގެ ކުރިން ފުރިހަމައަށް ފަންކްޝަން ކުރާ ފެކްޓަރީއެއް ހުންނާނެ" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏަށް އޯޑަރު ދިނުމަށް މިހާރުން ފެށިގެން ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

އަލް ދާއިން: ކޮންބައެއް؟ - އަލް ދާއިން ބޯޓްސް އަކީ ބަހްރައިނުގެ ސޮވެރިން ވެލްތު ފަންޑު މުމްތަލަކާތުގެ ކުޑައިގެ ދަށުގައި އޮންނަ ކުންފުންޏެކެވެ. އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގައި އެ ކުންފުނީގެ ވިޔަފާރި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށްފައި ވެއެވެ.

އެއީ ބަހްރައިނުގައި އެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނި ވެސް މެއެވެ. ދާއިންގެ އިތުރުން މުމްތަލަކާތުގެ ދަށުގައި ހުރި ފާހަގަކޮށްލެވޭ ކުންފުނި ތަކުގެ ތެރޭގައި، ދިރާގުގެ މެޖޯރިޓީ ހިއްސާ އޮންނަ ބަޓެލްކޯ ހިމެނެއެވެ. އަދި، މަޝްހޫރު ކާރު ބްރޭންޑް މެކްލެރަންގެ މައި ހިއްސާދާރަކީ ވެސް މިހާރު އެ ކުންފުންޏެވެ. މީގެ އިތުރުން ކުލީ ޖެޓުގެ ވިޔަފާރި ކުރާ ޖަރުމަނުގެ އެފްއޭއައި އޭވިއޭޝަން ގުރޫޕު އަދި ބަހްރައިނުގެ ގައުމީ ބޭންކުގެ މިލްކުވެރި ކުންފުންޏަކީ އެއީ އެވެ.

ކޮމެންޓް

1
450
ފާރިހަތު އަބުދުﷲ
10 months ago

މިއީ ރަގަޅު ވިޔަފާރިއަކަށްވާނެ. އަދި ޖަނާހުއަކީ އިހްތިރާމް ލިބިގެންވާ ވިޔަފާރިވެރިއެއް. މިހާރުވަނީ ދަރަނިތައް އަދާކޮށް ބައުންސް ޗެކްތައް ކްލިއަރކޮށް އަދި އިންޑަސްޓްރީގެ ކޮންފިޑެންސް ހޯދާފައި. މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.