ނަޝީދު ކޯފާވެއްޖެ، ރައީސް ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ

ނަޝީދުގެ ފާޑުވިދާޅުވުން މި ފަހަރު އަމާޒު ކުރެއްވީ އެމަނިކުފާނަށް ވަފާތެރި މެންބަރުން ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

ރައީސް މުހައްމަދު ނަޝީދު: ރައީސް ސޯލިހަށް އަމާޒު ކުރައްވާ ވިދާޅުވީ ރައީސް ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށް

ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހް ލަދުފުޅު ނުނަގެނޭ ބާއޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ސޯލިހަށް ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ފާޑުވިދާޅުވުން މި ފަހަރު އަމާޒު ކުރެއްވީ އެމަނިކުފާނަށް ވަފާތެރި މެންބަރުން ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަގާމުން ވަކިކުރެއްވިކަން ފާހަގަ ކުރައްވާ ނަޝީދު ވަނީ މުޖްތަބާއަކީ މުޅި އިސްލާހީ ހަރަކާތުގެ އެންމެ ވަރުގަދަ އެއް ތަނބު ކަމުގައި ވިދާޅުވެފައެވެ.

"ރައީސް ސޯލިހް ލަދުފުޅު ނުގަނޭ ބާއޭ ހިތަށް އަރާ،" ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާކަން ހާމަވާ މޭރުމުން ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުން އަލީ ހާޝިމް (ސްމިތް) މަގާމުން ވަކިކުރުމުންވެސް ނަޝީދު ވަނީ ސްމިތްގެ ދިފާއުގައިވެސް ޓްވީޓެއް ކުރައްވާފައެވެ. ވިދާޅުވީ ސްމިތްގެ ގަދަ ހިތްވަރާއި މަޖާ މިޖާޒަކީ މުޅި އެމްޑީޕީގެ އެންމެ ބޮޑު އެއް ރަމްޒު ކަމަށެވެ.

"ސްމިތް އަކީ ވެސް ހަމަ އެހެން ޒުވާނުން ފަަދައިން އަނިޔާވެރި ކަމާއި ދެކޮޅަށް ނިކުމެ މި ސަރުކާރު ގެނައުމަށް ވަރަށް މަސައްކަތް ކުރި ގަދަ ޒުވާނެއް. ސްމިތްގެ ހިތްވަރު ދެން އަދި މާ ގަދަވާނެ ކަން ޔަގީން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން މުޅީން ވަނީ ކެނޑިފައެވެ. ނަޝީދު ގެންދަވަނީ ރައީސް ސޯލިހަށް ދެން ތާއީދު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމްޑީޕީ ބައިބައިވެ ޕާޓީގައި ތިއްބެވި ނަޝީދުގެ ވަފާތެރި މެންބަރުން މިހާރު ވަނީ ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. "ދަ ޑިމޮކްރެޓްސް" ނަމުގައި ވަރަށް އަވަހަށް ޕާޓީ ރަޖިސްޓްރީ ކުރަން ހުށައަޅާނެ އެވެ.

ރައީސް ނަޝީދާއެކު ތިއްބެވި މަޖިލީހުގެ 13 މެންބަރަކާއި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ ކުރީގެ އެމްޑީ ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. ނަޝީދުވެސް އެމްޑީޕީން ވަކިވެވަޑައިގަންނަވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވެއެވެ. "ދަ ޑިމޮކްރެޓްސް" އިން ވަނީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވެސް ބުނެ ފައެވެ.

ކޮމެންޓް

2
450
ސިޔާމް ގަރާޖުން ހޮސެން
10 months ago

ސިޔާސީ ވުމަކީ ވީހާވެސް ގިނައިން ދޮގުހަދާފަ އެކަކު އަނެކަކު ބޭޒާރު ކުރުން. ތި އަންނިއަކު ލަދުފުޅު ނުގަނޭ ބާއޭ މަވެސް ހިތަށް އަރާ. މިފަހަރު އިބޫ ހޮވާނަން. ދެން ލަލަ ލަ

އަލިފް ހާ
10 months ago

ރައީސް ސޯލިހް ވެސް، ރައީސް ނަޝީދު ވެސް އަދި ކިއެއްތަ ތި ޕޮލިޓިކުސް ގަ ނޫޅޭ ލަދެއް ހަޔާތެއް ހުރި އެކަކުވެސް އހ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.