ބީއެމްއެލް އިން މި އަހަރު ހިޔާއަވަށުގައި އޭޓީއެމް ބަހައްޓަނީ

ހިޔާއަވަށަކީ 48،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމާލޭގެ ބައެކެވެ.

ރާއްޖޭގެ އެއް އަވަށެއްގައި އެންމެ ބޮޑު އާބާދީއެއް އޮތް ހިޔާ އަވަށުގެ ޓަވަރުތައް

ބޮޑު އާބާދީއެއް ދިރިއުޅެމުން ގެންދާ ހުޅުމާލެ ސެކަންޑް ފޭސް ނުވަތަ ހިޔާއަވަށުގައި މި އަހަރު އޭޓީއެމް ބަހައްޓާނެ ކަމަށް ބޭންކުން ބުނެފި އެވެ. 

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އެ ބޭންކުގެ 41 ވަނަ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މި އަހަރު ސެކަންޑް ފޭސްގައި އޭޓީއެމް ބަހައްޓާނެ ކަމަށެވެ. 

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު އޭޓީއެމް ވިއުގައިން ހިދުމަތް ދެމުން ގެންދާ ބޭންކް އެވެ. އެހެން ބޭންކްތައް ބީއެމްއެލްއަށްވުރެ ކުރިން ރާއްޖޭގައި ހިދުމަތް ދިންނަމަވެސް ބީއެމްއެލްއިން ވަނީ ރާއްޖެއަށް ހަލުވިކަމާއެކު ފެތުރިގެންފަ އެވެ. ބޭންކުން 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރު އަދި 143 އޭޓީއެމުން ހިދުމަތްދެ އެވެ. އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބެންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ބްރާންޗެއް

25،000 އަށްވުރެ ގިނަ މީހުން އަލަށް ގުޅުނު

ބީއެމްއެލް އިންޓަނެޓް އަދި މޯބައިލް ބޭންކިން ހިދުމަތަކީ ގިނަ ބަދަލުތަކެއް ގެނެވި ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ އެއާއި ނުލައި ދިރިއުޅުން ފަސޭހަ ނުވާނެ ހިދުމަތެކެވެ. ބޭންކިން ހިދުމަތް ފުޅާ ކުރުމަށް މެދުކެނޑުމެއްނެތި ބީއެމްއެލް އިން ކުރަމުންދާ މަސައްކަތާއި ފަސޭހައިން ހިދުމަތް ލިބޭނެ މަގުފަހިވެފައި އޮތްކަމީ މިދިޔަ އަހަރު 48،000 އަށް ވުރެ ގިނަ ކަސްޓަމަރުން އަލަށް ބީއެމްއެލްއާ ގުޅުނު މުހިންމު އެއް ސަބަބެވެ.

މިހާރު އިންޓަނެޓް ބޭންކިން ހިދުމަތް ބޭނުން ކުރާ މިންވަރަށް އަހަރުތެރޭ އެވްރެޖްކޮށް ދުވާލަކު އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް 232،000 އަށް ވުރެ ގިނަ މުއާމަލާތް ކުރެ އެވެ. އދި ދުވާލެއްގެ މައްޗަށް ދެ މިލައަނަށް ވުރެ ގިނަ މޯބައިލް ބޭންކިން ލޮގިން ރިކޯޑް ކުރެވިފައިވާއިރު، ފާއިތުވި އަހަރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަނީ 85 މިލިއަނަށް ވުރެ ގިނަ މުއާމަލާތް ކޮށްފައިވެ އެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ ހަތް މިލިއަން ރުފިޔާގެ މުއާމަލާތެވެ. ދުވާލެއްގެ މައްޗަށް ބަލާނަމަ މި އަދަދު 230000 އަށްވުރެ އިތުރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.