ރައީސްގެ އެދިވަޑައިގެންނެވީ ނަޝާތަށް އިތުރު ދައުރަކަށް ރުުހުން ދޭން

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައީސްގެ ސިޓީ އިއްވާފައެވެ. ރައީސް އެދިވަޑައިގެންނެވީ ދައުރު ހަމަވާ މެންބަރު އަލީ ނަޝާތުގެ އިތުރު ދައުރަކަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ ނަޝާތު: ރައީސް އިސްކަން ދެއްވީ މި ފަހަރުވެސް ނަޝާތަށް

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ ނަޝާތު އިތުރު ދައުރަކަށް އައްޔަން ކުރަން ރުހުން ހޯދުމަށް ރައްޔިތުންްގެ މަޖިލީހަށް މިއަދު ހުށައަޅައިފި އެވެ.

ނަޝާތުގެ ދައުރު ހަމަވާތީ ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ. މެއި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވިިއިރު ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކާއެކު ރައީސް ސޯލިހް، އިސްކަން ދެއްވާ ބޭފުޅެއްގެ ނަން ފާހަގަކޮށް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައީސްގެ ސިޓީ އިއްވާފައެވެ. ރައީސް އެދިވަޑައިގެންނެވީ ދައުރު ހަމަވާ މެންބަރު އަލީ ނަޝާތުގެ އިތުރު ދައުރަކަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވުމަށެވެ. ނަޝާތުގެ އިތުރުން ދެން އެ މަގާމަށް ކުރިމަތި ލެއްވީ؛

  • 1.ޒީނާ ޒާހިރު - އަތިރީގެ / ގދ. ގައްދޫ
  • 2.މުހައްމަދު ޝާފިއު - ޝަރުތު / ބ. ތުޅާދޫ
  • 3.މުހައްމަދު ޝިހާބު - ހޯދަޑު، ރިހިދޫލަގެ / ޏ. ފުވައްމުލައް
  • 4.އާމިނަތު ހަސަން - މ. މިރުސްގަސްދޮށުގެ
  • 5.ހަދީޖާ ނައީމް - މ. ރަންވަރަ
  • 6.މުހައްމަދު ޝަފީއު - ވައިޖެހޭގެ / ހއ. އިހަވަންދޫ
  • 7.އަލީ މުހައްމަދު މަނިކު - ދަފްތަރު ނަންބަރު ރސ. 1851

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރު ކަމުގެ ދައުރު ހަމަވާ ނަޝާތު އީސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ޖުލައި 25، 2018 ގައެވެ.

ކޮމިޝަންގެ މެންބަރުން ކަމުގެ މުއްދަތަކީ ފަސް އަހަރެވެ. އެހެން ކަމުން ޖުލައި 25، 2023 ގެ ނިޔަލަށް ނަޝާތުގެ ދައުރު ހަމަވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.