ފާޓިލިޓީ ކެއާ ޕްރޮގްރާމް ފަށާން ސަރުކާރު ވަނީ ތައްޔާރުވެފައި: ރައީސް

ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވައިދެއްވުމަށް ފަހު ރައީސުް ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޓްރީޓޮޕްގައި ވާހަކަފުޅު ދައްކަވަނީ

ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް -- އައިވީއެފް ހެދުމުން -- ތައާރަފް ކުރަން ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ، ފާޓިލިޓީ ސެންޓަރު މިއަދު ހެނދުނު ހުޅުވައި ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.   

ރައީސް ވިދާޅުވީ ޓްރީޓޮޕްގައި ހުޅުވި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ހާއްސަ ކްލިނިކް އެއީ ރާއްޖޭގައި މުޅިން އަލަށް ފަށާ ފަރުވާއަކަށް ވާއިރު މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ފަރުވާއެއް ކަމަށެވެ. އަދި ވިދާޅުވީ މި ހިދުމަތް ފެށުމުން ހާސިލު ވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކި ނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި އާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުސަތު ލިބުންކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އެ ހިދުމަތް ފުޅާ ކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރާ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެ ކަމުގަ އެވެ.

ސަރުކާރުން ތައާރަފު ކުރާ ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމާއި ބެހޭ ގޮތުން ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި އަމަލުކުރާ އުޞޫލުތަކަށް ރިއާޔަތް ކޮށް، އެކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުނަށް ބޭނުން ތެރި ނިޒާމެއް ގާއިމު ކުރުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި އެފަަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަ ވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ސިއްހަތާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރު ކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން ގެންދާ ކަމަށެވެ.  

ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވައިދެއްވުމަށް ފަހު ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ އެވެ. 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.