އައިވީއެފް ހަދަން ޓްރީ ޓޮޕުން ފެށީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ. މި ހާއްސަ ފަރުވާގެ ހިދުމަތް ދޭނީ 46،000ރ. އަށެވެ.
ޕްރައިވެޓް ހޮސްޕިޓަލް، ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދަން ފަށައިފި އެވެ. އެ ހިދުމަތް މިއަދު ފެށުމުން އެއި ރާއްޖޭގެ ފުރަތަމަ ފަހަރަށް އެ ހިދުމަތް ދޭން ފަށާއި ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.
ރާއްޖޭގެ ތާރީހީ މި ހިދުމަތް އިފްތިތާހުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އައިވީއެފްގެ މި ހިދުމަތަކީ ދަރިން ލިބުމުގައި މައްސަލަ ދިމާވާ ނަމަ އައިވީއެފްގެ ފަރުވާއިން ދަރިން ހޯދުމެވެ. މިކަމަށް ދޭ އައިޔޫއައިގެ ފަރުވާ ރާއްޖެއިން ލިބެ އެވެ. އައިވީއެފްގެ ފަރުވާއަށް ދަނީ އިންޑިއާ އަށެވެ.
އައީވީއެފްގެ ފަރުވާއަކީ އަގު ބޮޑު ފަރުވާއެކެވެ. ޓްރީޓޮޕްގައި މި ހާއްސަ ފަރުވާގެ ހިދުމަތް ދޭނީ 46،000ރ. އަށެވެ. އައިވީއެފް ހަދަން ޓްރީ ޓޮޕުންގައި ފެށީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ. އިންޑިއާގައި އައިވީއެފް ހަދާނަ އިންޑިއާ ބޭހަށް ދާ ކޮންމެ ފަހަރަކު 4000 އެއްހާ ޑޮލަރު ހަރަދު ކުރަން ޖެހެ އެވެ.
އައިވީއެފްގެ ހިދުމަތް ފައްޓަވައި ދެއްވާ ރައީސް ވިދާޅުވީ މިއީ އުއްމީދެއް ގެނެސްދިން ހިދުމަތެއް ކަމަށާއި މިފަދަ މުހިންމު ހިދުމަތެއް ތައާރަފުކޮށް ދެއްވުމުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޝުކުރު ދަންނަވާ ކަމަށެވެ. ރައީސް އަދި ވިދާޅުވީ އައިވީއެފް ހަދަން ހަތަރު ލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށައި ރާއްޖޭން އެ ފަރުވާ ލިބޭން ފެށުމުން އާއިލާއާ ގާތު ހުރެ ވަޒީފާއަށް ދަމުން އެ ހިދުމަތް ހޯދުމުގެ މަގު ފަހިވީ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުން ފެށި މި ހިދުމަތަކާއެކު ސިއްހީ ދާއިރާއަށް އިންގިލާބެއް އައީ ކަމަށާއި އެ ހޮސްޕިޓަލްގައި އެ ހިދުމަތް ފެށީ މިލިއަނެއްހާ ޑޮލަރު ހަރަދުކޮށްގެން ކަމަށެވެ.
އައިވީއެފް ހަދަން ޓްރީ ޓޮޕުން ފެށީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ.