"'ޗޯރު އިބުރޭ' ކިޔުމުން ހަމައިންނައްޓާނަމަ އެއީ ޑިމޮކްރަސީގެ ފަހަތަށް ދިއުން"

ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސީ ވާދައިގައި ލީޑަރުންނަށް އެކި ނަންނަމުން ގޮވުމުން ކަންބޮޑުވާ ނަމަ އެއީ ޑިމޮކްރަސީއެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ވާދަވެރި ބައެއް މީހުން "ޗޯރު އިބްރޭ" ކިއުމުން ހަމައިން ނެއްޓި އެކަމާ ކަންބޮޑު ވާނަމަ އެއީ ޑިމޮކްރަސީގައި ފަހަތަށް ފިޔަވަޅު އެޅުން ކަމަށް ސިޔާސީ ވަނަމެއްގެ ގޮތުގައި ވާދަވެރިން ފަރާތުން "ގަންޖާބޯ" ކިޔުން އަމާޒު ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި އެ މޭރުމުން ވާހަކަފުޅު ދެއްކެވި މިއަދު ކުރިޔަށް ގެންދިޔަ ބަހުސެއްގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކަތަކާ އެ މަނިކުފާނުގެ އެ ވާހަކަތައް ގުޅުވާލައްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅިވީ އެ މަނިކުފާނު ހަނދާން ކޮށްދޭނަން ބޭނުންވެ ވަޑައިގަންނަވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރަށް "ކަރުކުރު ބައިސާ" އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް "ގޮޅާބޯ" އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް "ގަންޖާބޯ" އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް "ބާޣީ ވަހީދު" އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ރާނގޮނޑި ރާޖާ"، އެ ނަންތައް ރައްޔިތުންގެ މަޖިލީހުގަ އާއި އަދި ރާއްޖޭގެ އެހެން އެތައް ތަނެއްގައި އެކި ގޮތް ގޮތަށް ކިޔާ ގޮވާ ހަދާފައިވާ ކަމަށާއި ގޮވަމުން ގެންދާ ކަމަށެވެ.

އަދި އިތުރަށް ވިދާޅުވި އެވެ: 

"މިއަދު 'ޗޯރު އިބުރޭ' ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރު ކޮށްފިނަމަ އެއީ އަޅުގަނޑު ދަންނަވަނީ އެއީ ޑިމޮކްރެސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ" 

ބަހުސްގައި ސަރުކާރަށް ފާޑު ވިދާޅުވުމުން މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ އެކި ލީޑަރުންނަށް އެކި ނަންނަމުން ގޮވާ ކަމަށާއި އެއީ ހިތް ނޭދޭ ކަމެއް ނަމަވެސް ބަޔަކު ފާޅު ކުރަން ބޭނުންވާ ޝުއޫރެއް ފާޅު ކުރުމުގެ ޖާގަ އޮންނަން ޖެހޭނެ ކަމަށެވެ. އެކި ލީޑަރުންނަށް އެކި ނަންމުން ގޮވާފައިވާއިރު "ޗެނަލް 13" އިގެ ޕްރޮގްރާމެއްގައި "ޗޯރު އިބްރޭ" ކިޔައިން އެ ޗެނަލް ސެންސަރު ކުރަމުން ގެންދާ ކަމަށެވެ.

ކޮމެންޓް

2
450
ލައެލާ
9 months ago

ޑިމޮކްރަސީ އަކީ ބްލީ ކުރުމެއް ނޫން. ގޮތްކުޑަ ބައެއްތީ ހުވާ

ފަޒީލާ އަލީ
9 months ago

އަސްލު ކިޔައިގެން ނުވާނެ، ރައީސުލް ޖުމްހޫރިއްޔާއޭ އެއީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.