އިތުރު ދައުރެއް އުރުދުޣާން ކަށަވަރު ކުރައްވައިފި

މިއަދު ނެގި ވޯޓްގެ ނަތީޖާ މިހާރު ކަށަވަރު ވެފައިވާއިރު އުރުދުޢާން ވަނީ 52.12 ޕަސެންޓް ވޯޓް ހޯއްދަވާފައެވެ. ކެމާލް ކްލިޗްތަރޯލޯއަށް ލިބިވަޑައިގަތީ 47.88 ޕަސެންޓް ވޯޓެވެ.

ރައީސް ރަޖަބް ތައްޔިބު އުރުދުޣާން: ރިޔާސީ އިތުރު ދައުރެއް ވަނީ ކަށަވަރު ކުރައްވާފައި

ތުރުކީގައި މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯއްދަވާ އެ ގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ރިޔާސީ އިތުރު ދައުރެއް ކަށަވަރު ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ބޭފުޅުަކަށް 50 ޕަސެންޓަށްވުރެ މަތީން ވޯޓް ލިބިވަޑައިނުގަތުމުންނެވެ. 

ފުރަތަމަ ބުރުގައި އުރުދުޣާނަށް ލިބިވަޑައިގަތީ 49.5 ޕަސެންޓެވެ. އިދިކޮޅު ހަ ޕާޓީއަކުން ހަދާފައިވާ ކޯލިޝަންގެ ކެނޑިޑޭޓް، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ކެމާލް ކްލިޗްތަރޯލޯއަށް 44.89 ޕަސެންޓެވެ.

މިއަދު ނެގި ވޯޓްގެ ނަތީޖާ މިހާރު ކަށަވަރު ވެފައިވާއިރު އުރުދުޢާން ވަނީ 52.01 ޕަސެންޓް ވޯޓް ހޯއްދަވާފައެވެ. އެއީ 27 މިލިއަން ވޯޓެވެ. ކެމާލް ކްލިޗްތަރޯލޯއަށް ލިބިވަޑައިގަތީ 47.09 ޕަސެންޓް ވޯޓެވެ. އެއީ 25 މިލިއަން ވޯޓެވެ.

  •  ރަޖަބް ތައްޔިބު އުރުދުޣާން - 52.01 ޕަސެންޓް | 27،190،435 ވޯޓް
  •  ކެމާލް ކްލިޗްތަރޯލޯ - 47.09 ޕަސެންޓް | 25،018،415 ވޯޓް

އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ތުރުކީގެ އެކި ސަރަހައްދުތަކަށް އުރުދުޣާންގެ ސަޕޯޓަރުން މިހާރު ވަނީ އެއްވެފައެވެ. އެމަނިކުފާނު ވެސް ވަނީ އިސްތަންބޫލްގައި ސަޕޯޓަރުން އެއްވެފައިވާ ސަރަހައްދަށް ވަޑައިގެންފައެވެ. މިހާރު ގެންދަވަނީ ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓެވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އެކި ގައުމުތަކުގެ ވެރީން ވެސް ގެންދަވަނީ އުރުދުޣާން އަށް ތަހުނިޔާ ވިދާޅުވަމުންނެވެ. އެގޮތުން ހަންގޭރީގެ ބޮޑުވަޒީރު ވަނީ އުރުދުޣާންގެ ކާމިޔާބީ ފާހަގަ ކުރައްވާފައެވެ.

ފަލަސްތީނުގެ ވެރީންވެސް ވަނީ އުރުދުޣާން އަށް ތަހުނިޔާ ވިދާޅުވެފައެވެ. އެ ބޭފުޅުން ވަނީ އެއީ މުޅި އިސްލާމީ އުންމަތަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މީގެ އިތުރުން ގަތަރުގެ އަމީރުވެސް ވަނީ އުރުދުޢާން އަށް ތަހުނިޔާ ވިދާޅުވެ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުރުދުޣާންގެ ޒައާމަތުގައި އެ ގައުމަށް އިތުރު ކުރިއެރުމާއި ތަނަވަސް ކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެ ދެ ބޭފުޅުންގެ މެދުގައި އޮތީ ވަރަށް ބަދަހި / ވަރުގަދަ ގުޅުމެއްކަން ފާހަަގަ ކުރައްވާ ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވި އެވެ.

މީގެ އިތުރުން ސާބިއާގެ ރައީސާއި އަޖަރުބައިޖާންގެ ރައީސް ވެސް ވަނީ އުރުދުޣާން އަށް މަރުހަބާ ވިދާޅުވެފައެވެ.

ކާމިޔާބީގައި ސިނާން އޮގާންގެ ދައުރު - ރިޔާސީ އިންތިހާބުގައި އޭޓީއޭ އެލަޔަންސްގެ ކެނޑިޑޭޓުގެ ގޮތުން ވާދަ ކުރެއްވީ ސިނާން އޮގާން އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އޮގާން އަށް ލިބިވަޑައިގަތީ ތިންވަނަ އެވެ. ތުރުކީގައި ބޮޑު ތާއީދެއް އޮތް އޮގާން ވަނީ އިންތިހާބުގައި 5.2 ޕަސެންޓް ވޯޓް ހޯއްދަވާފައެވެ. އެއީ ދެވަނަ ބުރުގައި ދެ ކެންޑިޑޭޓުންނަށްވެސް އޮގާންގެ ތާއީދު ވަރަށް މުހިންމުވި އެވެ.

ސިނާން އޮގާން ނިންމެވީ އުރުދުޢާން އަށް ތާއީދު ކުރެއްވުމަށެވެ. އެހެން ކަމުން ކުރީންވެސް ބެލެވިފައި އޮތީ އުރުދުޢާން ކާމިޔާބު ހޯއްދަވާނެ ކަމަށެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.