ބޭދީނީ ފިކުރު ނޯމަލައިޒް ކުރުން ހުއްޓުވަން ސަރުކާރު ކުރަނީ ކީއް؟

ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލު ފާޅު ކުރެވޭނީ ދީނުގެ އަސލަކާ ހިލާފް ނުވާ ގޮތަށެވެ. ދީނުގައި ހާރާމް ކަންކަން ހުއްދަވާ ގޮތަށް ވާހަކަ ދެއްކުމަކީ ރާއްޖޭގައި ކުށެއްކެވެ. އެފަދަ މީހުންނާ މެދު ފިޔަވަޅު އަޅަންޖެހެ އެވެ. ބާރުދަ ވެރިކަމެއް އޮތުމަކީ އަދި އެފަދަ ކޮންމެ ވާހަކައެއް ދެއްކިއަސް ވެރި ކަމަކުން އަޅައި ނުލައި ތިބުމަކީ އެފަދަ ކަންކަމަށް ރާއްޖޭގައި ދޫކޮށްފައި އޮތް ލައިސެންސެއް ނޫނެވެ.

އަލްމްގީރުގެ އެނދު: ރާއްޖޭގަ އެއްޖިންސުން ގުޅުން ހިނގުމުގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައި

ރާއްޖޭގެ ސުރުހީތަކަށް ބަލައިލުމުން އެއް ކަމެއް ޔަގީންވާނެ އެވެ. ރާއްޖޭގައި ޒިނޭ އާއްމު ވެފައިވާކަމުގެ ހަބަރާއި ރިޕޯޓް ގިނަ އެވެ. ލިވާތު -- ފިރިހެނުން އެއްޖިންސުން ގުޅުން ހިންގުމާއި ޝިހާގު -- އަންހެނުން އަންހެނުންނާއެކު ޖިންސީ ގުޅުން އާންމު އާއްމު ވެފައި ވެއެވެ. ރާއްޖޭގައި ބަނގު ރާ ބުއިމާއި ޑުރަގް ބުއިން / ނެގުން އާއްމުކޮށް އިންތިހާ އަށް ގެންގޮސްފައި ވެއެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި އިސްލާމީ ޝިއާރުތަކުގެ މައްޗަށް ބޭ ދީނީ / ލާދީ ކަންކަން ގަދަ ކުރުވައި އެކަންކަން އެއީ "ނޯމަލައިޒޭޝަނެއް" ގެ ތެރެއަށް ގެންދާން ބަޔަކު ބާރު އަޅާކަން ޔަގީން ކުރެ ވެއެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލު ފާޅު ކުރެވޭނީ ދީނުގެ އަސލަކާ ހިލާފް ނުވާ ގޮތަށެވެ. ދީނުގައި ހާރާމް ކަންކަން ހުއްދަވާ ގޮތަށް ވާހަކަ ދެއްކުމަކީ ރާއްޖޭގައި ކުށެއްކެވެ. އެފަދަ މީހުންނާ މެދު ފިޔަވަޅު އަޅަންޖެހެ އެވެ. ބާރުދަ ވެރިކަމެއް އޮތުމަކީ އަދި އެފަދަ ކޮންމެ ވާހަކައެއް ދެއްކިއަސް ވެރި ކަމަކުން އަޅައި ނުލައި ތިބުމަކީ އެފަދަ ކަންކަމަށް ރާއްޖޭގައި ދޫކޮށްފައި އޮތް ލައިސެންސެއް ނޫނެވެ. އެއަށް ރައްޔިތުން ޖަވާބު ދޭނެ ވަގުތެއް އަންނާނެ އެވެ. ފުށުން ޖަހާލާއިރު އާދައިގެ ގޮތަކަށެއް ނުދާނެ އެވެ.

ގާނޫނީ ފަންނާއި ތައުލީމީ ދާއިރާ ވަރަށް ބޮޑު އިލްމުވެރިއެއް އަދި ސިޔާސީ ބޭފުޅެއް ކަމަށްވާ އިބުރާހިމް އިސްމާއީލް (އިބްރާ) ދާދި ފަހުން ކުރެއްވި ޓްވީޓަކުން ކަމެއް ދޭހަކޮށް ދޭން އޭނާ މަސައްކަތް ކުރެއްވީ މި ބާވަތުގެ ނުރައްކާތެރި ވާހަކަތަކެކެވެ. ޓްވިޓަރުގައި އެ އެބައޮތެވެ.

އޭނާގެ ވާހަކާގައި ޒިނޭ ކުރިއަސް، އަދި ފިރިހެނުން ފިރިހެނުނުްނާ ޖިންސީ ގުޅުން ހިންގިއަސް، އަންހެނުން އަނެހެނުންނާ ޖިންސީ ގުޅުން ހިންގިއަސް، ރާ ބުޔަސް، އަދި ޑުރަގް ނަގައި ބުޔަސް، އަދި ރިބާ ކެޔަސް އެއިން ކަމަކުން އެއްވެސް އިންސާނެއްގެ ޖިސްމަކަށް މުދަލަކަށް ގެއްލުމެއް ނެތެވެ. އެހެން ނުވަންޏާ އެއީ މާބޮޑު ކަމެއް ނޫނެވެ. އޭނާ ދޭހަކޮށް ދޭން އޭނާ މަސައްކަތް ކުރައްވާ ވާހަކައަކީ އެއީ އެވެ.

އިސްލާމީ ގައުމެއްގައި މިހުންނަނީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟ މި ބާވަތުގެ ވާހަކަ އުފަން ވުމުން ބޮޑެތި އިލްމުވެރިން ނުފޫޒު ގަދަ ބޭފުޅުން ރާއްޖެ ގެންދާން އުޅެނީ ކޮން ދިމާއަކަށް ތޯ އާންމުން ސުވާލު ކުރެ އެވެ. އެ ވާހަކަތަކަށް ސަރުކާރަކުން ޖަވާބެއް ނުދެ އެވެ.

"އެފަދަ ކޮންމެ ފަހަރަކު ވެސް ވާހަކަ އެނބުރިގެން ދާނެ ކޮންމެވެސް އެހެން ކަމެއް ފެންމަތި ކުރުވައި މިސްރާބު ބަދަލުކޮށްލަނީ. އަނެއްކާވެސް ދުވަސްކޮޅެއް ކޮށްލާފައި ކޮންމެސް ދިމާއަކުން ލާދީނީ ވާހަކައެއް ނެރޭ،" އާންމު މީހަކު ބުންޏެވެ.

ރާއްޖެއަކީ ސާބިތު ކަންމަތީ އެތައް ސަތޭކަ އަހަރުވެފައިވާ އިސްލާމީ ދައުލަތެކެވެ. މި ރާއްޖޭގައި ހުންނަވަނީ އިސްލީމީ ވެރިއެކެވެ. އާންމު އެ މީހާ ބުނި ގޮތުގައި އިސްލާމީ މި ގައުމުގެ އިސްލާމީ ވެރިޔާ ހުންނަވަނިކޮށް، އިސްމްދީނަށް ފުރައްސާރަކޮށް ލާދީނީ ކަންކަން ރާއްޖޭގައި އާދައިގެ ކަމަކަށް ބަޔަކު ހިތްވަރު ދޭއިރު އަޅައި ނުލައި ތިބުމަކީ އިސްލާމީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ދެރަ އެވެ.

"ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލާއި ގުޅިގެން އެކަމަށް ހިތްވަރު ލިބޭ ގޮތަށް ސިޔާސީ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދޭ. އެކަން ކުރަނީ ނޭނގި ތިބެކަން ކަމަށް މިހާރު ގަބޫލެއް ނުކުރެވޭ އެކަން ކުރަނީ ވަކި ދިމާއަކަށް ރާއްޖެ ގެންދަން ކަމަށް ފެންނަނީ،" އިސްލާމިކް މިނިސްޓްރީގައި ކުރިން މަސައްކަތް ކުރެއްވި އިލްުމުވެރިޔެއް އަދި އިމާމެއްގެ މަގާމު ވެސް ފުރުއްވެވި ބޭފުޅަކު ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާމީ ފަތުވާ މަޖިލީިހެއް "ޕެރަލައިޒް" ކޮށްފައި އެބަ އޮތެވެ. އެވެސް ބޮޑު އެއް ވާހަކަ އެވެ. އެ މަޖިލީހުހައި ހިމެނި ވަޑައިގެންނެވި ވަރަށް ބޮޑު އިލްމުވެރިއެއް ކަމަށްވާ ޑރ. މޫސާ އަންވަރު މިދިއަ މަހު ވިދާޅުވި ގޮތުގައި ލިވާތު ނުވަތަ އެއް ޖިންސުން ގުޅުން ހިންގުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫންނަމަ، ސަދޫމްގެ މައްޗަށް އޮތް ފުށް، ވަތަށް ޖައްސަވައި އެ މީހުން ހަލާކެއް ނުކުރެއްވީ ހެވެ. އަދި އެފަދައިން ޖިންސީ އަމަލުތ ހިންގުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫންނަމަ، ގުރްއާނާއި ރަސޫލާގެ ސުންނަތުން އެކަން ކުރާ ދެ މީހުންނަށް ބޮޑުވެގެންވާ އާޒާބު ހުރިކަން ބަޔާނެއް ނުކުރީހެވެ. އަދި ސަދޫމް ގެ މައްޗަށް ހަތް ރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން ގަދަފަދަ ފިނިވައެއް އެއް ފޮނުއްވައި އެމީހުން ހަލާކު ނުކުރެއްވީހެވެ. އަލިފާނުން ދޮން ކުރައްވާފައިވާ މަށީގެ ހިލައިގެ ވާރޭ ވެސް އެ މީހުންގެ މައްޗަށް ނުވެއްސެވީހެވެ.

ރަނގަޅު ކަހަލަ ބައެއް ދިވެހިން ސޯޝަލް މީޑިއާގެ ތެރޭގި ފާޅުކަން ބޮޑުކޮށް ބަހުސަކަށް ދާން އުޅެނީ ޒިނޭ އާއި އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެކެވެ. އެކަމަކު ކުށަކަށް ވިޔަސް އެއީ ދެ މީހަކު، ނުވަތަ އެއަށްވުރެ ގިނަ މީހުން ރުހުމުގައި އެކަހެރިވެގެން ތިބެ ކުރާ ކަމެއްއްގެ ގޮތުގައި ބަލައި އެކަމަކުން އެހެން މީހެއްގެ ފުރާނައަށް ނުވަަތަ ޖިސްމަށް ނުވަތަ މުދަލަށް ނުރައްކަލެއް އޮތް ކަމެއް ނޫނެވެ. އެ މީހުން ދޫކޮށްލާށެވެ. މިއީ ރާއްޖޭގައި މިހާރު ޕްރޮމޯޓް ކުރާ ވާހަކައަކަށް ވެފައި ވެއެވެ. މިކަމަށް ފިޔަވަޅު އަޅާކަށް ސަރުކާރަކުން ޝައުގުވެރިކަން ދައްކާތީއެއް ނުފެނެ އެވެ.

"އެކަން ކުރަނީ ވެސް ހަމަ ރަނގަޅު ބޭފުޅުން އިސްވެ ތިބެގެން، އެ ބޭފުޅުން އެކަން ކަން ޕްރޮމޯޓްކޮށް ވިދާޅުވޭ [އެބާވަތުގެ ކަންކަމުން] އެކަމުން އެހެން މީހެއްގެ މިނިވަންކަމަށް ހުރަހެއް ނޭޅެއޭ. އެއާ ހިލާފަށް ޔޯގާގެ ހުއްޓުވަން ނުކުތުމުން ގިނަ އާންމު ވެގެންވާ އެތައް ބައެއްގެ މިނިވަން ކަމަށް ހުރަސް އެޅެއޭ. އެހެވީމާ ލިވާތުގެ މީހުނަށް އޮންނަން ޖެހޭނީ ކުޑަ އަދަބެކޭ ޔޯގާ ހުއްޓުވަން ދިޔަ މީހުނަށް ދޭންޖެހޭނީ ބޮޑު އަދަބެކޭ... މިހެން އެބަ ވިދާޅުވޭ ބައެއް މީހުން،" އިލްމުވެރިޔަކު ރޭ "މި" ނޫހުނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. މި ސަރުކާރުން ވަނީ ނޫސްވެރިން ގެނެސްދޭ ވާހަކައިގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ޖަލަށް ލެވޭ ގޮތަށް ގާނޫނު ފާސްކޮށްފަ އެވެ. މި އިލްމުވެރިޔާއަކީ ކާކުތޯ ބަލާން އުޅެފާނެ އެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މުރުތައްދުވުމުގެ އަމަލެކެވެ. އެއީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅުއްވަފައިވާ ކުށެކެވެ. އިސްލީމާ ޝަރީއަތުގައި ހައްދު ނުވަތަ ގިސޯސް ކަނޑައަޅުއްވާފައިވާ ކުށްތަކަށް ދައުވާ ކުރަން ޖެހެ އެވެ.

އިލްމުވެރިއެއް ކަމަށްވާ ޝައިހު އަލީ ޒައިދު ވިދާޅުވާ ގޮތުގައި ހަރުކަށި ފިކުރު ރާއްޖޭގައި އާލާވާ ވާހަކަ އަބަދު ދެކެވެ އެވެ. އެހެން ދިމާވަނީ އަދި އެކަން ކަމަށް ވަރަށް ބޮޑަށް މަގުފަހިވާ އެއް ސަބަބަކީ ރާއްޖޭގައި އިސްލާމްދީނަށް ޖޯކު ޖަހައި ދީނަށް ފުރައްސާރަ ކުރަމުންދާ މީހުންނަށް ރާއްޖޭގައި ލިބެމުންދާ ބާރާއި މިނިވަން ކަމެވެ. އޭނާ ދެކެ ވަޑައިގަންނަވާ ގޮތުގައި މާތް އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އަދަބު ދިނުމުގައި ރާއްޖޭގެ ސަރުކާރު ވަރަށް ބޮޑަށް ޒިންމާދާރުވާން ޖެހިފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.