ރައީސްގެ ފާފު ދަތުރުފުޅު ނިންމަވާލައްވައިފި

މި ދަތުރުފުޅުގައި ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވުމާއި މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހު ކޮށްދެއްވުމާއި އެރަށުގައި އަލަށް އިމާރާތް ކުރި ފެނަކަ އޮފީސް އިމާރާތް ވެސް އެމަނިކުފާނު ވަނީ ހުޅުވާދެއްވާފައެވެ.

ރައީސް ފާފު އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ. 

ފ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅު ގައި އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން އޮޅުންފިލުއްވިއެވެ. އަދި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލު ކުރައްވައި އެރަށްރަށުގެ ތަރައްގީ އަށް ހިންގޭ މަޝްރޫއުތަކާ އަދި ރައްޔިތުންނަށް އިތުރަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުންވެސް އެމަނިކުފާނު މަޝްވަރާ ކުރެއްވި އެވެ.

މި ދަތުރުފުޅުގައި ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވުމާއި މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހު ކޮށްދެއްވުމާއި އެރަށުގައި އަލަށް އިމާރާތް ކުރި ފެނަކަ އޮފީސް އިމާރާތް ވެސް އެމަނިކުފާނު ވަނީ ހުޅުވާދެއްވާފައެވެ. އަދި ބިލެތްދޫގެ ފެނަކަ އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބިލެތްދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލު ހުޅުވައިދެއްވާފައެވެ. އަދި ފީއަލީގައި ފެނަކައިން އިމާރާތް ކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތާއި އައިސްޕްލާންޓް ހުޅުއްވައިދެއްވާފައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރަށްރަށުގެ ތަރައްގީ އަށް ކުރިޔަށްދާ ބައެއް މަަސައްކަތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި ބައެއް މުއައްސަސާތަކަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.