"ވޯޓްގެ ކުރީން މަޝްރޫއުތައް ނިމޭނެ، އިތުރު ދައުރެއް ޔަގީން"

"ފެންނަން އޮތް ތަނުގައި ޖުލައި މަހުން ފެށިގެން ޖޫން، ޖުލައި އޮގަސްޓްގައި ގިނަ ރަށްތަކެއްގައި ހިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ. ތިޔަބޭފުޅުން ކުރިއަށް އޮތްތަނުގައި މި ހުރިހާ ކަމަކާމެދުވެސް ވިސްނާވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރަން"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފީއައްޔަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓްގެ ކުރީން ރަށްރަށުގައި މިހާރު ކުރިއަށްދާ ގިނަ މަސައްކަތްތައް ނިންމާލެވޭނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނިލަންދެއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފީއަލީއަށް ވަޑައިގެން އެ ރަށުގެ އައު އިންޖީނުގެ އާއި އޮފީސް އިމާރާތް އަދި އައިސް ޕްލާންޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި އައު އިންޖީނުގެތައް އިމާރާތް ކުރުމާއި އޮފީސް އިމާރާތް ކުރުމާއި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އެ ގޮތުން މިހާރުވެސް 68 ރަށެއްގައި ފެނަކަ އިންޖީނުގެތައް އިމާރާތްކޮށް ހުޅުވާފައިވާ ކަމަށެވެ. އަދި 68 ރަށެއްގައި އޮފީސް އިމާރާތް ކޮށް ނިމިފައިވާ ކަމަށެވެ.

އަދި ވޯޓްގެ ކުރީން 28 ރަށެއްގައި އިންޖީނުގެ އިމާރާތްކޮށް ނިންމާ ހުޅުވޭވަރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން އެކި ރަށްރަށުގައި ހިންގާ ގިނަ ޕްރޮޖެކްޓްތައް ވެސް ނިމޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފީއަލީގައި ވާހަކަދައްކަވަނީ

ރައީސް ވިދާޅުވި ގޮތުގައި މިހާރުވެސް 122 ރަށެއްގައި ފެނާއި ނަރުދަނާގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެ މަސައްކަތްތައް ހިނގާ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އެ ގޮތުން ކޮންމެ ތިން ހަފްތާއަކުން އެ މަސައްކަތްތަކުގެ އަޕްޑޭޓް ބައްލަވާ ކަމަށް ވިދާޅުވި އެވެ.

"ފެންނަން އޮތް ތަނުގައި ޖުލައި މަހުން ފެށިގެން ޖޫން، ޖުލައި އޮގަސްޓްގައި ގިނަ ރަށްތަކެއްގައި ހިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ. ތިޔަބޭފުޅުން ކުރިއަށް އޮތްތަނުގައި މި ހުރިހާ ކަމަކާމެދުވެސް ވިސްނާވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރަން. ކުރިއަށް މި އޮތީ ރިޔާސީ އިންތިހާބު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ވަރަށް އަވަހަށް އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށާ ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުމަށް މެނިފެސްޓޯގައި އެ ކަންކަން ހިމަނުއްވާނެ ކަމަށެވެ. އެމަނިކުފާނު ވަނީ އިތުރު ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެ އެ މަސައްކަތުގައި "ބާކީނުވެ" އެކުގައި ތިބުމަށް ފީއަލީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.