ސަރުކާރުން ވަކިކުރި ބޭފުޅުންގެ ދިފާއުގައި ރައީސް ނަޝީދު ތެދުވެއްޖެ

ރައީސް ނަޝީދު ވިދާޅުވީ އެއީ އެމްޑީޕީގެ މި ސަރުކާރު ފަސް އަހަރު ދުވަހަށް ގެނައުމަށް އިންތިހާއަށް ބުރަ މަސައްކަތް ކުރި ޒުވާނުން ކަމަށެވެ. އަދި އެއީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރަން އެނގޭނެ ގާބިލް ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް / ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގައި

ސިޔާސީ މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅުނު ބައެއް ބޭފުޅުން މިއަދު މަގާމުތަކުން ވަކިކުރެއްވުމުން އެ ބޭފުޅުންގެ ދިފާއުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަަކަ ދައްކަވައިފި އެވެ.

ސަރުކާރުގެ މަގާމުތަކުން މިއަދު ވަކިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންްނެވި މުހައްމަދު ހަމްދާން އާއި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އާޝިޔަތު އަލައިކާ އަދުނާން އެވެ.

އެ ބޭފުޅުން ވަކިކުރެއްވީ އެމްޑީޕީން އެދިގެން ކަމަށް ސަރުކާރުން ބުނެއެވެ. އެމްޑީޕީން އެ ގޮތަށް އެދުނީ އެ ބޭފުޅުން ޕާޓީ ދޫކޮށް ދިއުމުންނެވެ.

މިއަދު ވަކިކުރެއްވި ތިން ބޭފުޅުން

އެ ތިން ބޭފުޅުންްގެ ނަން ފާހަަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެއީ އެމްޑީޕީގެ މި ސަރުކާރު ފަސް އަހަރު ދުވަހަށް ގެނައުމަށް އިންތިހާއަށް ބުރަ މަސައްކަތް ކުރި ޒުވާނުން ކަމަށެވެ. އަދި އެއީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރަން އެނގޭނެ ގާބިލް ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

"އެެ މީހުން ވަކި ކުރުމަކީ ދިވެހީންނަށް ދެވޭ ގެއްލުމެއް،" ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އުފައްދަނީ ރައީސް ނަޝީދުގެ ވަފާތެރި މެެންބަރުންްނެވެ. ނަމަވެސް އެމަނިކުފާނު އަދި ހުންނެވީ އެމްޑީޕީގައެވެ. އެމްޑީޕީން ވަކިވެވަޑައިގަތުމާއި ގުޅޭގޮތުން އަދި އައު ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމާއި ގުޅޭގޮތުންވެސް އެމަނިކުފާނު ވާހަކައެއް ނުދައްކަވައެވެ.

ޑިމޮކްރެޓުން ބުނާ ގޮތުގައި އެ ބޭފުޅުން ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ރައީސް ނަޝީދަށް އެނގިވަޑައިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.