ރައީސް ސޯލިހަކީ ފިނޑި ވެރިއެއް: އީވާ

"ހިޔާލުތަފާތުވާ ކޮންމެ މީހަކު ނިކަމެތި ކުރާނަމޭ ހީކޮށް އުޅޭ އުޅުމުން އިތުރުވާނީ ނަފްރަތު. ރަައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ފިނޑި ވެރިއެއް"

މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް --

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ފިނޑި ވެރިއެއް ކަމަށް ވިދާޅުވެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ ފާޑުކިޔުން އަނެއްކާވެސް ރައީސް ސޯލިހަށް އަމާޒު ކުރައްވައިފި އެވެ.

އީވާގެ ފާޑުކިޔުން މި ފަހަރު ރައީސަށް އަމާޒު ކުރެއްވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅޭ މެންބަރުން މަގާމުތަކުން ވަކިކުރަން ފެށުމާއި ގުޅިގެންނެވެ. އެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންްނެވި މުހައްމަދު ހަމްދާން އާއި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އާޝިޔަތު އަލައިކާ އަދުނާން ވަނީ މަގާމުން ވަކިކޮށްފައެވެ. 

އެ ބޭފުޅުން ވަކިކުރެއްވީ އެމްޑީޕީން އެދިގެން ކަމަށް ސަރުކާރުން ބުނެއެވެ. އެމްޑީޕީން އެ ގޮތަށް އެދުނީ އެ ބޭފުޅުން ޕާޓީ ދޫކޮށް  ދިއުމުންނެވެ.

މިއަދު މަގާމުން ވަކިކުރެއްވި ބޭފުޅުންގެ ފޮޓޯ ހިމަނާ އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީފާއިން ކަނޑާލި އެ ޒުވާނުން ސަރުކާރުން ގެންނަން ކުރި މަސައްކަތް މިނާ ނުކިރޭނެ ކަމަށެވެ. ހިޔާލުތަފާތުވާ ކޮންމެ މީހަކު ނިކަމެތި ކުރާނަމޭ ހީކޮށް އުޅޭ އުޅުމުން އިތުރުވާނީ ނަފްރަތު ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ފިނޑި ވެރިއެއް،" 

އަދި ވިދާޅުވީ މަގާމުން ވަކިކުރެއްވި އެއްވެސް ބޭފުޅެއްގެ ހިތްވަރު ނޭލޭނެ ކަމަށާ އިތުރަށް ވާނީ ގަދަ ކަމަށެވެ.

ހިޔާލުތަފާތުވާ ކޮންމެ މީހަކު ނިކަމެތި ކުރާނަމޭ ހީކޮށް އުޅޭ އުޅުމުން އިތުރުވާނީ ނަފްރަތު. ރަައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ފިނޑި ވެރިއެއް

އީވާ އަބްދުﷲ | މަޖިލީހުގެ ނާއިބު ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ދިވެހިރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި އަދި ރައީސް ސޯލިހު އެއީ "ބިރުވެރި ވެސް ކަމެއް" ގެ ގޮތުގައި ސިފަ ކުރައްވާ އީވާ ވަނީ މިދިޔަ ހަފްތާގައި މަޖިލީހުގައިވެސް ވާހަކަ ދައްކަވާފައެވެ.

އީވާ އާއި ރައީސް ސޯލިހު - ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަކީ ޅ. އަތޮޅު / ފާދިއްޕޮޅު، ހިންނަވަރުގެ ބޭފުޅެކެވެ. އީވާއަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެބެންގެ ދެދަރި، ބޭބޭފުޅެއް ކަމަށްވާ ދޭލިއާ އަބްދުﷲ އިބްރާހިމްގެ ބޭފުޅެކެވެ. ދޭލިއާ އަބްދުﷲ އަކީ ދޭލިޔާގެ މުހައްމަދުބެގެ ބޭފުޅެކެވެ. އީވާގެ ކާފާފުޅެވެ. ރައީސް ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒުނާއަކީ އީވާގެ ދައިތާފުޅެކެވެ. އީވާގެ މަންމާފުޅު ޒުހައިރާ ދައިތާފުޅަކީ މެޑަމް ފަޒުނާގެ މަންމާފުޅެވެ. -- އީވާ އާއި ރައީސް ސޯލިހަކީ ލޭގެ ގުޅުމާއި އާއިލީ ގޮތުން ގުޅުން އޮތުމާއެކު ޅިޔަންފަހެރި ކަމުގެ ގޮތުންވެސް ގުޅިފައިވާ ބޭފުޅުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.