ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ފެން ކުންފުނީގެ ޗެއާމަން މައުސޫމް އިސްތިއުފާ ދެއްވައިފި

މައުސޫމް ވަނީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ން ވަކިވެ ވަޑައިގެން އަލަށް އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އާ ގުޅިވަޑައިގެންފައެވެ.

އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް: އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފައި

ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މައުސޫމް މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާ އެކަން ޕީސީބީއަށް އަންގަވާފައެވެ. މައުސޫމްގެ ސިޓީގައި ވިދާޅުވީ ފެބްރުއަރީ 6، 2019 ގައި އޭނާއާ ހަވާލު ކުރެއްވި އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ހުށައަޅުއްވާ ކަމަށެވެ.

އަދި މަގާމުން ވަކިކޮށް ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މައުސޫމް ވަނީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ން ވަކިވެ ވަޑައިގެން އަލަށް އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އާ ގުޅިވަޑައިގެންފައެވެ.

މައުސޫމްގެ އިސްތިއުފާ މި އައީ "ދަ ޑިމޮކްރެޓްސް" އާ ގުޅޭ އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކިކުރައްވާ ދަނޑިވަޅެއްގައެވެ.

މައުސޫމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަކުނުދޫ ދާއިރާ ތަމްސީލް ކުރައްވާ އެ ދާއިރާގެ ރައީސެވެ.

އޭނާ ފާހަގަ ކުރެވިފައި ވަނީ ރައީސް މުހައްމަދު ނަޝީދާއި ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. މައުސޫމަކީ ވިޔަފާރީގައިވެސް ކާމިޔާބު ބޭފުޅެކެވެ. އެމްޑީޕީއަށް ވަރަށް ބޮޑަށް ހަަރަދު ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.